Advertisement

ޓީނޭޖުން ދަނޑަށް ހާޒިރު ނުވުމުން މެޗު ނިއު ރޭޑިއަންޓަށް

13 ޖަނަވަރީ 2024 - 16:56 0

އަތޫފް އާތިފް

އަތޫފް އާތިފް

ނިއު އިން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީނޭޖުން ދަނޑަށް ހާޒިރު ނުވުމުން މެޗު ނިއު ރޭޑިއަންޓަށް

13 ޖަނަވަރީ 2024 - 16:56 0

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް މެޗަށް ކްލަބް ޓީނޭޖު ކުޅުންތެރިން ދަނޑަށް ހާޒިރު ނުވުމުން މެޗު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަށް ލިބިއްޖެ އެވެ.

ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ނިއު އިން ކުޅެން އޮތް ފުރަތަމަ މެޗު ވިއްސާރައިގެ ސަބަބުން ވަނީ ފަސްކޮށްފަ އެވެ. ފުރަތަމަ މެޗުގައި ނިއު އިން ކުޅެން އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ވިއްސާރައާ ހެދި ފަސްކޮށްފައިވަނީ މި މަހު 19 ވަނަ ދުވަހަށެވެ.

ނިއު އިން މިއަދުގެ މެޗަށް ހާޒިރުވީ ނަމަވެސް މެޗަށް ޓީނޭޖު ކުޅުންތެރިން ހާޒިރު ވެފައިނުވެ އެވެ. މެޗު ފަށަން ކުޑަތަންވީއިރު, ދަނޑަށް ހާޒިރުވީ ޓީނޭޖުގެ ދެ ކުޅުންތެރިންނެވެ. އެހެންވެ, މެޗް ކޮމިޝަނަރު ވަނީ ދަނޑަށް ޓީނޭޖު ހާޒިރު ނުވާ ކަމަށް ނިންމާ މެޗުން މޮޅުވީ ނިއު ކަމަށް ނިންމާފަ އެވެ. އެހެން ކަމުން ނިއު އަށް ތިން ޕޮއިންޓާ ފައިދާ ދެ ގޯލު ލިބޭނެ އެވެ.

މިއީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކްލަބް، ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ދެ ވަނަ ސީޒަނެވެ. މި ފަހަރު ނިއު އޮތީ، ގްރޫޕް ބީގަ އެވެ. އެ ގްރޫޕްގައި ދެން އޮތީ، ބީޖީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ، ކްލަބް ޓީނޭޖް އަދި ޓެންޓް ސްޕޯޓްސް ކްލަބް އެވެ.

ނިއު އިން މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނީ އަހުމަދު ނިމާދު (ނިމާ)ގެ އިރުޝާދުގެ ދަށުންނެވެ. ނިއު އިން ވަނީ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތައް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގެ ސްކޮޑުގައި ހިމަނައިފަ އެވެ. މީގެ އިތުރުން ބިދޭސީ ފަސް ކުޅުންތެރިން ވެސް އެ ޓީމުގެ ސްކޮޑުގައި ޖަހާފައި ވެއެވެ.