Advertisement

ދަނޑުގައި މާރާމާރީ ހިންގި މައްސަލަ: ހައްޔަރުކުރި 13 މީހަކު ދޫކޮށްލައިފި، ބަންދުގައި ބާކީ ތިން މީހެއް

28 ފެބުރުވަރީ 2024 - 10:47 0

ގަލޮޅު ދަނޑު އެތެރެ: ދަނޑުގައި މާރާމާރީ ހިނގި މައްސަލާގައި ހައްޔަރުކުރި ގިނަ ބަޔަކު ދޫކޮށްލައިފި


ދަނޑުގައި މާރާމާރީ ހިންގި މައްސަލަ: ހައްޔަރުކުރި 13 މީހަކު ދޫކޮށްލައިފި، ބަންދުގައި ބާކީ ތިން މީހެއް

28 ފެބުރުވަރީ 2024 - 10:47 0

ފެބްރުއަރީ 13، ވަނަ ދުވަހު ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި މިހައިތަނަށް ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ 13 މީހުން ދޫކޮށްލީ ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށެވެ. އަދި ދެން ތިބި ތިން މީހުން މިދިޔަ ހަފުތާ އާދީއްތަ ދުވަހު ހާޒިރުކުރުމުން ބަންދަށް އިތުރު 15 ދުވަސް ޖެހި ކަމަށް ވެސް ބުންޏެވެ.

އެ މެޗުގެ 81 ވަނަ މިނެޓުގައި ކުޅުން ހުއްޓައިލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

އެ މެޗު ހުއްޓާލި އިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީ އެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އަދި ކުޑަހެންވޭރު ޔުނައިޓެޑުން ބުނީ މެޗުގެ ބާކީ ބައި ކުޅެން ބޭނުން ނުވާ ކަމަށެވެ.