Advertisement

މަސްވެރިންނަށް ޑްރޯން ބޭނުންކުރުން މަނާ ވަނީ ބައިނަލްއަގްވާމީ ގަރާރެއްގެ ސަބަބުން

13 ޖަނަވަރީ 2024 - 15:32 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތަކާއި ހިބަރުގެ ބާވަތްތައް ހޯދުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކަން މިނިސްޓްރީން ހާމަ ކުރުމުން އެކަމަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައި -- ފޮޓޯ: ޒުވާން މަސްވެރިޔާ


މަސްވެރިންނަށް ޑްރޯން ބޭނުންކުރުން މަނާ ވަނީ ބައިނަލްއަގްވާމީ ގަރާރެއްގެ ސަބަބުން

13 ޖަނަވަރީ 2024 - 15:32 0

މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތަކާއި ހިބަރުގެ ބާވަތްތައް ހޯދުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާ ވަނީ ރާއްޖެއިން ސޮއި ކޮށްފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގަރާރުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފި އެވެ.

މި މައްސަލައަށް އާންމުންގެ ސަމާލުކަން ލިބުނީ މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތަކާއި ހިބަރުގެ ބާވަތްތައް ހޯދުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކަން ހާމަކޮށް ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އާންމުން ރަައްދުކުރި ފާޑުކިޔުންތަކާ ގުޅިގެން އެ މިނިސްޓްރީން ބުނީ ކަނޑުމަހުގެ މަސްވެރިކަމުގައި ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކޮށްފައިވަނީ 2016 ގައި ފާސްކުރި އައިއޯޓީސީ ގަރާރުގެ ސަބަބުން ކަމަށެވެ.

"އައިއޯޓީސީ އަކީ އިންޑިޔާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލައްޓާ ސަރަހައްދީ ޖަމިއްޔާ، މި ޖަމިއްޔާގެ ނިންމުންތައް މެންބަރު ގައުމުތަކުން ގައުމީ ފެންވަރުގައި ގާނޫނާއި ގަވާއިދުތަކުން ތަންފީޒުކުރަން ޖެހޭ، ދިވެހިރާއްޖެއިން އައިއޯޓީސީގެ މެންބަރަކަށްވީ 2011 ވަނަ އަހަރު، މަސް އައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން ދިވެހިރާއްޖޭގައި މަނާކުރެވިފައިވަނީ 2020 ވަނަ އަހަރު ގެޒެޓު ކުރި ގަވާއިދު ނަންބަރު: 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު)އިން،" މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ޑްރޯން ބޭނުންކުރުން މަނާކުރުމުގެ ބޭނުމަކީ ޕެސިފިކް ކަނޑުގައި ބޮޑު ދަލުގެ މަސްވެރިކަން ކުރާ އުޅަނދުތަކުން މަސް އައިން ހޯދުމަށް ހެލިކޮޕްޓަރާ އަދިވެސް އެހެނިހެން ވައިގެ އުޅަނދުތައް ބޭނުންކޮށް މަސްވެރިކަމުގެ 'އެފިޝަންސީ' އިތުރުކުރަމުން ދާތީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެކަން ހަމައަކަށް އެޅުވުމަށް އިންޑިޔާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުންވެސް މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށް މަސްވެރިކަމަށް ކުރާ ހޭދަ (ފިޝިން އެފޯޓް) ކުޑަކުރުން ކޮންޓްރޯލް ކުރުމަށް މި ފިޔަވަޅަށް އަމަލު ކުރުން މުހިންމުކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ފިޔަވަޅު އަޅާފައި ވަނީ އިންޑިޔާ ކަނޑުގެ ކަނޑުމަހުގެ އާބާދީ ދަށްވިޔަ ނުދީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ކަމަށެވެ.