ރާއްޖެއާއެކު ސޮއި ކުރި އެއްބަސްވުންތަކުގެ އަގާއި ތަފުސީލު ޗައިނާއިން ހާމައެއް ނުކުރި

12 ޖަނަވަރީ 2024 - 16:30 1

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް: ޗައިނާއާއެކު ރާއްޖެއިން 20 އެއްބަސްވުމެއްގައި ސޮއި ކުރި -- ފޮޓޯ: ޗައިނާ ފޮރިން މިނިސްޓްރީ


ރާއްޖެއާއެކު ސޮއި ކުރި އެއްބަސްވުންތަކުގެ އަގާއި ތަފުސީލު ޗައިނާއިން ހާމައެއް ނުކުރި

12 ޖަނަވަރީ 2024 - 16:30 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންދާ ދަތުރުގައި އެގައުމާއެކު ސޮއި ކުރި އެއްބަސްވުންތަކުގެ އަގާއި ތަފުސީލު ހާމަ ކުރަން ޗައިނާއިން ދެކޮޅު ހަދައިފި އެވެ.

ޗައިނާއާއެކު ރާއްޖެއިން 20 އެމްއޯޔޫއެއްގައި ސޮއި ކުރި އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ ސުރުހީ ހާމަ ކުރުމުގެ އިތުރުން މާ ބޮޑު ތަފުސީލެއް އަދި އެއްވެސް ގައުމަކުން ހާމައެއް ނުކުރެ އެވެ. އެ އެއްބަސްވުންތަކުގެ ތަފުސީލާއި އަގާ ގުޅޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ތަރުޖަމާނަކު ބުނީ އެކަން އަދި ހާމަ ކުރެވެން ނެތް ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސް ޗައިނާއަށް ކުރައްވާ ދަތުރާ ގުޅޭ ގޮތުން ޝައުގުވެރިކަން ފާޅުކުރުމުން އެކަން ބަލައިގަންނަން. [އެއްބަސްވުންތަކާ ގުޅޭ] މައުލޫމާތު ކަރުދާހެއް ވާނީ ހާމަކޮށްފަ. އިތުރު މައުލޫމާތެއް މިވަގުތު ދެވޭކަށް ނެތް،" ނިއުސް އެޖެންސީ އޭއެފްޕީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވި އެވެ.

ޗައިނާއާއެކު ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި ފުށިދިއްގަރުފަޅާއި ގުޅީފަޅާއި ގިރާވަރުފަޅަށް ބޭނުންވާ މަގާއި ޔުޓިލީސް ގާއިމް ކުރުން ހިމެނޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވި އެވެ. އަދި ހުޅުމާލޭގެ ހަތް އިމާރާތެއް އަޅަން ވެސް ޗައިނާ ކުންފުންޏަކާއެކު ސޮއި ކުރި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ޗައިނާއާއެކު ސޮއި ކުރި އެއްބަސްވުންތައް

  1. އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޑިޒާސްޓާ ރިސްކް ރިޑަކްޝަން
  2. އެމްއޯޔޫ އޮން ޑީޕްނިން ބްލޫ އިކޮނޮމީ ކޯޕަރޭޝަން
  3. އެމްއޯޔޫ އޮން ސްޓްރެންތްނިން އިންވެސްޓްމަންޓް ކޯޕަރޭޝަން އިން ދަ ޑިޖިޓަލް އިކޮނޮމީ
  4. އެމްއޯޔޫ އޮން ޕްރޮމޯޓިން އިންވެސްޓްމަންޓް ކޯޕަރޭޝަން އިން ގްރީން ޑިވެލޮޕްމަންޓް
  5. އެމްއޯޔޫ އޮން ކޯޕަރޭޝަން ބިޓުވީން ޗައިނާ މީޑިއާ ގްރޫޕް އެންޑް ޕަބްލިސް ސާވިސް މީޑިއާ
  6. އެމްއޯޔޫ އޮން ޖޮއިންޓްލީ އެކްސެލެރޭޓިން ދަ ފޯމިއުލޭޝަން އޮފް ދަ ކޯޕަރޭޝަން އޮން ދަ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް
  7. އެމްއޯޔޫ އޮން ސްޓްރެންތްނިން ޑިޖިޓަލް އިކޮނޮމީ ކޯޕަރޭޝަން
  8. އެމްއޯޔޫ އޮން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
  9. އެމްއޯޔޫ އޮން އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕޮލިސީ
  10. އެމްއޯޔޫ އޮން ޓެކްނިކަލް ކޯޕަރޭޝަން އޮފް އެންޓްރީ އެންޑް އެކްޒިޓް އެނިމަލް އެންޑް ޕްލާންތް ކޮރެންޓީން
  11. އެމްއޯޔޫ އޮން ސްޓްރެންތްނިން އޮފް އެގްރިކަލްޗަރަލް ކޯޕަރޭޝަން
  12. ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް (2023-2028) އެކްޝަން ޕްލޭން
  13. ގްރާންޓް އެސިސްޓަންސް އެއްބަސްވުން
  14. އެމްއޯޔޫ އޮން ކޯޕަރޭޝަން އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް
  15. އެމްއޯޔޫ އޮން ސޯޝަލް ހައުސިން ޕްރޮޖެކްޓް އިން ފުށިދިއްގަރު ފަޅު، އެކްސްޕެންޝަން އޮފް ވީއައިއޭ، ފިޝަރީޒް ޕްރޮޑަކްޓްސް ޕްރޮސެސިން ފެސިލިޓީސް އެންޑް ރީ-ޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑް ޕްރޮޖެކްޓްސް
  16. އެމްއޯޔޫ އޮން މެރިން ކޯޕަރޭޝަން ޓުވާޑް ބްލޫ ޕާޓްނާޝިޕް
  17. އެމްއޯޔޫ އޮން ޓޫރިޒަމް ކޯޕަރޭޝަން
  18. ލެޓާ އޮފް އެކްސްޗޭންޖް އޮން ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓަންސް
  19. ލެޓާ އޮފް އެކްސްޗޭންޖް އޮން ފީސިބިލިޓީ ސްޓަޑީ އޮން ލެބޯޓްރީ އިކުއިޕްމަންޓް ފޯ ސެވަންޓީން ހެލްތް ފެސިލިޓީސް ޕްރޮޖެކްޓް
  20. އެމްއޯޔޫ އޮން ނިއުސް ކޯޕަރޭޝަން