Advertisement

ފެެންބޮޑުވެ ޓްރެފިކް ބާރުބޮޑުވުމުން އަމީނީ މަގު ހުޅުވާލައިފި

12 ޖަނަވަރީ 2024 - 17:03 1

ނިމާ ހަސަން

ނިމާ ހަސަން

އަމީނީ މަގު ހުޅުވަން ތައްޔާރުވަނީ; މިއަދު މާލޭގަިއ ފެންބޮޑުވުމުން އާންމުންނަށް ފަސޭހަ ކުރުމަށް އަމީނީ މަހު ވަނީ ހުޅުވާފައި -- ފައިލް ފޮޓޯ: އާރްޑީސީ


ފެެންބޮޑުވެ ޓްރެފިކް ބާރުބޮޑުވުމުން އަމީނީ މަގު ހުޅުވާލައިފި

12 ޖަނަވަރީ 2024 - 17:03 1

ވިއްސާރަވެ, މާލޭގައި ފެންބޮޑުވުމުގެ ސަބަބުން, އާންމުނަށް ފަސޭހަ ކުރުމަށްޓަކައި އަމީނީ މަގު ހުޅުވާލައިފި އެވެ.

އަމީނީ މަގު ހެދުމަށްޓަކައި ބަންދުކޮށްފައި އޮތީ ހައުސިން މިނިސްޓްރީއާ ހިސާބުން ފެށިގެން ރަސްފަންނާ ހިސާބަށެވެ. އެ ސަރަހައްދަކީ ވާރޭވެހިއްޖެނަމަ ފެންބޮޑުވާ ސަރަހައްދެކެވެ.

އަމީނީ މަގުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވަން ތާވަލުކޮށްފައި އޮތީ މިރެ އަށެވެ. އެހެން ނަމަވެސް ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭ ޓްރެފިކް ފްލޯ ފަސޭހަ ކޮށްދިނުމަށްޓަކައި މިއަދު ހަވީރު އެ މަގު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމިފައިވާއިރު، 1.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މެއި 28، 2023 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކުރީ ވަނީ 84 މިލިއަން ރުފިޔާއަށެވެ.