Advertisement

ކޮމަންޑުއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

12 ޖަނަވަރީ 2024 - 16:58 0

ނިމާ ހަސަން

ނިމާ ހަސަން

ކޮމަންޑޫއަށް ރޭ އުދަ އަރަނީ: ގޭގެއަށް ވަރަށް ބޮޑަށް ގެއްލުންވި -- ފޮޓޯ: ކައުންސިލް


ކޮމަންޑުއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

12 ޖަނަވަރީ 2024 - 16:58 0

ރޭ ށ. ކޮމަންޑުއަށް އުދަ އަރައި, ރަށުގެ ވަރަށް ގިނަ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ކޮމަންޑޫ ކައުންސިލުގެ ނައިބު ރައީސް އާދަމް އަބްދުالله މިއަދު ވިދާޅުވީ ރޭ އުދަ އަރައި, ލޮނުގަނޑު ގަތްގަނޑަކަށް 500 ފޫޓާ ހަމައަށް ރަށު ތެރެއަށް އަރާފައިވާ ކަމަށެވެ. އަދި ބައެއް ގޭގެއަށް ފެން ވަން އިރު, މީހުން ދިރިނޫޅެވޭ ވަރު ވެގެން އެއް ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ.

އާދަމް ވިދާޅުވި ގޮތުގައި މިރޭ ވެސް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ އުދަ އެރިޔަ ނުދިނުމަށްޓަކައި ގޮނޑު ދޮށުގައި ބަސްތާ ޖެހުން ފަދަ ކަންކަން ރެއިއްސުރެ ކުރަމުންދާ ކަމަށެވެ.

"ބައެއް ގޭގެ ސަލާމަތް ކުރެވުނީ [ފެން ވަނަ ނުދީ] އޮޅިގަނޑު ހުންނާތީ އާއި, ގޭގޭގެ މީހުން ވެލި ގޯނި ޖަހާ ދޮރުމަތި ބައްދާ ހަދައިގެން،" އޭނާ ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ ރަށު ތެރޭގައި އޮތް ފެންގަނޑު އަދި ގޭގެއަށް ވަން ފެން ވެސް މިހާރު ހިއްކާފައިވާ ކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ގޭގެ މީހުންނަށް ވެސް މިއަދު މެންދުރު އަނބުރާ އެމީހުންގެ ގެއަށް ވަދެވޭ ވަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.