Advertisement

ރާއްޖޭގެ ނަބާ އަށް އައިޓީއެޕް ޑިވެލޮޕްމަންޓް މުބާރާތުން ރަން މެޑަލް

12 ޖަނަވަރީ 2024 - 11:53 0


ރާއްޖޭގެ ނަބާ އަށް އައިޓީއެޕް ޑިވެލޮޕްމަންޓް މުބާރާތުން ރަން މެޑަލް

12 ޖަނަވަރީ 2024 - 11:53 0

ރާއްޖޭގެ ޒުވާން ޓެނިސް ތަރި ނަބާ ނިޝާން، މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ އޭޝިއާގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ބައިން ރަން މެޑަލް ހޯދައިފި އެވެ.

ވިއެޓްނާމްގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގައި ނަބާ ނުކުތީ ސްރީ ލަންކާގެ އަންނަޔާ ޖޯނީ ނޯބާޓްއާ ދެކޮޅަށެެވެ. ނޯބާޓް އަތުން ނަބާ މޮޅުވީ ފަސޭހަކަމާ އެކު، ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 6-1، 6-0 އިންނެވެ.

ނަބާ އާއި ރާއްޖޭގެ މަންހާ މުހައްމަދު އަލީގެ ޕެއާ ވަނީ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި އަންނަޔާ އާއި ވިއެޓްނާމްގެ ބިން ނިހެއިން ތޯ އަތުން ބަލިވެފަ އެވެ.

ނަބާ އާއި މަންހާގެ އިތުރުން، އައިޓީއެފް ޑިވެލޮޕްމަންޓް މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ، މިކާ މުހައްމަދު ކަލީމް އަދި އާދަމް އާލް ނިޔާޒް އެވެ.

އުމުރުން 12 އަހަރުގެ ނަބާ އަކީ، ރާއްޖޭގެ ޓެނިހުގެ ތާރީހުގައި އެންމެ ޒުވާން އަންހެން ގައުމީ ޗެމްޕިއަނެވެ. އޭނާ ވަނީ 2021 އާއި 2022 ވަނަ އަހަރު އަންހެން ސިންގަލްސް އޯޕަން ބައިން ޗެމްޕިއަންކަން ހޯދައި، މިދިޔަ އަހަރު ރަނަރަޕަށް ގޮސްފަ އެވެ. އެ ގޮތުން، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ގައުމީ މުބާރާތެއް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައިވަނީ ނަބާ އެވެ.