Advertisement

އޭޝިއަން ކަޕްގައި ފުރަތަމަ އަންހެން ރެފްރީއަކަށް ޖަޕާންގެ ޔަމަޝީޓާ

12 ޖަނަވަރީ 2024 - 10:40 0


އޭޝިއަން ކަޕްގައި ފުރަތަމަ އަންހެން ރެފްރީއަކަށް ޖަޕާންގެ ޔަމަޝީޓާ

12 ޖަނަވަރީ 2024 - 10:40 0

ދޯހާ (ޖެނުއަރީ 12) - އޭޝިއަން ކަޕްގެ ގުރޫޕް ބީގައި މާދަނާ އިންޑިއާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުގެ ރެފްރީ އަކަށް ޖަޕާންގެ އަންހެން ރެފްރީ ޔޮޝީމީ ޔަމަޝީޓާ އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ހަމަޖައްސައިފިއެވެ.

މިއީ، އޭޝިއަން ކަޕްގެ މެޗެއްގައި އަންހެނެއް ރެފްރީކަން ކުރާ ފުރަތަމަ ފަހަރެވެ.

ގަތަރުގައި މިއަދު ފަށާ އޭޝިއަން ކަޕަށް އޭއެފްސީން ވަނީ ޖުމްލަ ފަސް އަންހެން ރެފްރީން ހަމަޖައްސައިފަ އެވެ.

ގުރޫޕްގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު އޮސްޓްރޭލިއާ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ރެފްރީއަކަށް ޔަމަޝީޓާ ހަމަޖެއްސިއިރު، އެ މެޗުގެ އެސިސްޓަންޓް ރެ ރެފްރީންނަށް ހަމަޖައްސާފައިވަނީ ޖަޕާންގެ ދެ އަންހެން ލައިންސްމުން ކަމަށްވާ މަކޯޓޯ ބޮޒޯނޯ އާއި ނައޯމީ ޓެޝިރޯގީ އެވެ.

ޖަޕާންގެ މި ތިން އޮފިޝަލުން އަކީ އޭއެފްސީ ޗެމްޕިއަންސް ލީގާއި ޖަޕާންގެ ޖޭ ލީގުގެ މެޗެއްގައި ވެސް، ހުސް އަންހެން ރެފްރީންނާ އެކު ކުޅުނު ފުރަތަމަ މެޗުގައި ތިބި އޮފިޝަލުންނެވެ.

އޭޝިއާގެ އަންހެން ރެފްރީންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ރެފްރީ ކަމަށްވާ ޔަމަޝީޓާ ،37، ވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި ހަތަރު ވަނަ އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި މިދިޔަ އަހަރު އޮސްޓްރޭލިއާގައި އޮތް އަންހެނުންގެ ވޯލްޑް ކަޕްގައި ވެސް އޭނާ ރެފްރީކަންކުރި އެވެ.