Advertisement

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ 2023" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

11 ޖަނަވަރީ 2024 - 20:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ 2023" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ


އެމްޓީސީސީ "ކަށަވަރު ޕްރޮމޯ 2023" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

11 ޖަނަވަރީ 2024 - 20:06 0

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީއިން ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ 2023" ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

އެ ކުންފުނީގެ ކަށަވަރު ޝޯރޫމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ގުރުއަތުން ހޮވުނު ޕްރޮމޯޝަންގެ ނަސީބުވެރިފަރާތް އިއުލާނުކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

"ކަށަވަރު ޕްރޮމޯ 2023" ގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ އަހުމަދު އާލިމް ނަމަކަށް ކިޔާ ފަރާތެކެވެ.

އެ ކުންފުނިން ބުނި ގޮތުގައި ދެމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު މުދާ ލިބުމުގެ މަގު ފަހިކޮށްދިނުމެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެމްޓީސީސީގެ ޓީމުތަކުން ވަނީ މި ޕްރޮމޯގެ މުއްދަތުގައި ޒިޔާރަތްކޮށް ކަސްޓަމަރުންނަށް ހިދުމަތް ދީފައިކަންވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓު ޑިސްކައުންޓު ދެވުނު ޕްރޮޑަކްޓު ތަކުގެ ތެރޭގައި ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއާ ޕާޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްޓޮކް ބޭޑާ ފައިބަރު ސާމާނު، މާރޮލް ސްޓީރިން ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ހިމެނެ އެވެ.