Advertisement

އާ ހާލަތަކީ ޗައިނާ-ރާއްޖެ ގުޅުން ބަދަހިކުރުމުގެ ތާރީހީ ފުރުސަތެއް: ޝީ ޖިންޕިން

11 ޖަނަވަރީ 2024 - 10:54 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވަނީ: ދެ ގައުމުގެ ވެރިން ބޭއްވި ބައްދަލުކުރެއްވުމުގައި އެއްބަސްވުންތައް ބަދަލުކޮށް ރަސްމީ މަޝްވަރާތައް ކޮށްފައިވޭ -- ފޮޓޯ:ރައީސް އޮފީސް


އާ ހާލަތަކީ ޗައިނާ-ރާއްޖެ ގުޅުން ބަދަހިކުރުމުގެ ތާރީހީ ފުރުސަތެއް: ޝީ ޖިންޕިން

11 ޖަނަވަރީ 2024 - 10:54 0

އާ ހާލަތަކީ ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭ ތާރީހީ ފުރުސަތެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާ ބޭއްވެވި މަޝްވަރާތަކުގައި ޝީ ވިދާޅުވި ކަަމަށް ޗައިނާ ސަރުކާރުގެ ޝިންވާ ނިއުސް އެޖެންސީން ބުނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމަކީ ގަދީމީ މެރިޓައިމް ސިލްކްރޫޓްގެ ޒަމާނުން ފެށިގެން އޮތް ގުޅުމެއް ކަމަށެވެ. އަދި މިހާރުގެ ބެލްޓް އެންޑް ރޯޑް އިނިޝޭޓިވް އާއި އެހެން ދާއިރާތަކުން މިފަހުން އެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

"މިއީ މާޒީގައި ހާސިލުކުރެވިފައިވާ ކަންތައްތަކުގެ މަތީގައި ޗައިނާ-ދިވެހިރާއްޖެ ގުޅުން ބަދަހިކުރަން ، އާ ހާލަތުގައި މި ލިބެނީ ތާރީހީ ފުރުސަތެއް،" ޝީ ޖިންޕިން ވިދާޅުވި ކަަމަށް ޝިންވާ ނިއުސް އެޖެންސީގެ ހަބަރުގައި ބުންޏެވެ.

ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޝީ ވިދާޅުވި ގޮތުގައި ހިންގުމުގެ ދާއިރާގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރަން ޗައިނާ އޮތީ ތައްޔާރަށެވެ. ރާއްޖޭގެ ތަރައްގީގެ ސްޓްރެޓެޖީ ހަރުދަނާކުރަން އެހީވާން ތައްޔާރަށް އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޝީ ވިދާޅުވި ގޮތުގައި ސިޔާދަތާއި މިނިވަން ކަމަށާއި ރީޖަނަލް އިންޓަގްރިޓީ ރައްކާތެރިކުރަން ރާއްޖޭން ކުރާ މަސައްކަތަަށް ޗައިނާއިން ތާއީދާއި އިހުތިރާމް ކުރެ އެވެ. ގިނަ ދައުލަތްތައް ގުޅިގެން ކުރާ މަސައްކަތްތައް (މަލްޓިލެޓަރަލިޒަމް) ހަގީގީ މާނައިގައި ކުރިއަރުވަން ޗައިނާއާއި ރާއްޖެ ގުޅިގެން ކުރާ މަސައްކަތް އިތުރުކުރުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން ބައިނަލް އަގުވާމީ ގޮތުން ކުރާ މަސައްކަތުގައި ޗައިނާއިން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެ، ޕެރިސް އެގްރިމެންޓާއި ދުބާއީގައި އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓްގެ ނިންމުންތައް ޝީ ވަކިން ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ ޕެރިސް އެގްރިމެންޓާއި ދުބާއީ ގައި އެއްބަސްވި ކަންތައްތައް ތަންފީޒުކުރަން ޗައިނާއިން ރާއްޖެއާ އެކު މަސައްކަތްކުރާނެ ކަމަށެވެ.