Advertisement

ރޯދަ މަހުގެ ފަހު ދިހައެއްގެ ދެ ދުވަހެއްގައި ބޭންކުތައް ހުޅުވާނެ

11 ޖަނަވަރީ 2024 - 11:41 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެއްއޭ: ބޭންކުތައް ހުޅުވާނީ އެޕްރީލް އެކަކާއި އަށްވަނަ ދުވަހު-- އަދަދު ފައިލް ފޮޓޯ


ރޯދަ މަހުގެ ފަހު ދިހައެއްގެ ދެ ދުވަހެއްގައި ބޭންކުތައް ހުޅުވާނެ

11 ޖަނަވަރީ 2024 - 11:41 0

ކުރިއަށް އޮތް ރޯދަ މަހުގެ ފަހު ދިހައެއްގައި ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނާނީ ދެ ދުވަހު ކަމަށް، ރާއްޖޭގެ ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު އެސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަހު ދިހައެއްގައި ހިދުމަތް ދޭނީ އެޕްރީލް 1، އަދި އޭޕްރީލް 8، ގައި ކަމަށެވެ. އެއީ ރޯދަ މަހުގެ 22 އަދި 29 ވާ ހޯމަ ދުވަހެވެ.

ރާއްޖައި ފުރަތަމަ ފަހަރަށް ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދު ކުރަން ސަރުކާރުން ވަނީ ނިންމަފައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށޭނީ މާޗު 11، ގަ އެވެ. އެއީ ރަސްމީ ބަންދު ދުވަހެކެވެ. ފަހު ދިހައެއް ފެށޭނީ މާޗު 31، ގަ އެވެ. އެހެންވެ، އެ ދިހަ ދުވަހާއި އީދު ބަންދުގެ ހަތަރު ދުވަހާއެކު ޖުމުލަ 14 ދުވަސް ބަންދުގެ ގޮތުގައި ވިދިވިދިގެން ލިބެ އެވެ. އަދި ހަފުތާ ބަންދުތަކާއެކު އަންނަ ރޯދަ މަހު ޖުމުލަ 21 ދުވަސް ބަންދުގެ ގޮތުގައި ގުނެ އެވެ.