Advertisement

ވީއައިއޭ އަށް އާ ރެކޯޑެއް، އެއްދުވަސް ތެރޭ 925 މޫވްމެންޓްސް

11 ޖަނަވަރީ 2024 - 07:43 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ވީއައިއޭ އަށް އާ ރެކޯޑެއް، އެއްދުވަސް ތެރޭ 925 މޫވްމެންޓްސް

11 ޖަނަވަރީ 2024 - 07:43 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެއް ދުވަސް ތެރޭ 925 ފްލައިޓް މޫވްމަންޓްސް ހަމަކޮށް އާ ރެކޯޑެއް ގާއިމުކޮށްފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހަކީ މި އަހަރުތެރޭ ވީއައިއޭ އަށް އެންމެ ގިނަ އެއާ ޓްރެފިކް މޫވްމެންޓްސް ރެކޯޑު ކުރެވުނު ދުވަސް ކަމަށެވެ. އެގޮތުން ހޮނިހޮރި ދުވަހު 925 މޫވްމެންޓްސް ހަމަކޮށް އާ ރެކޯޑެއް ގާއިމުކޮށްފައިވާ ކަމަށް ބުންޏެވެ.

މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި ވީއައިއޭއަށް އެންމެ ގިނަ މޫވްމަންޓްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ އަދަދަކީ 861 އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ހޮނިހިރު ދުވަހު ރެކޯޑުކުރެވުނު މޫވްމެންޓްސްގެ ތެރޭގައި ހިމެނެނީ އިންޓަނޭޝަނަލް 104 މޫވްމަންޓާއި ޑޮމެސްޓިކް 116 މޫވްމެންޓާއި ސީ ޕްލޭންގެ 672 މޫވްމެންޓްގެ އިތުރުން ޕްރައިވެޓް ޖެޓުތަކުގެ 33 މޫވްމެންޓް އެވެ.

ކޮންމެ އަހަރަކުވެސް އައު އަހަރާއި ފިނި މޫސުމުގެ ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 50,983 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު ދުވާލަކަށް އެވްރެޖުކޮށް 5,665 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.