Advertisement

އިންޑިއާ ހެކަރުން ޖުވެނައިލްކޯޓުގެ ވެބްސައިޓް ހެކްކޮށް ދިވެހިންނަށް އިންޒާރުދީފި

10 ޖަނަވަރީ 2024 - 11:19 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖުވެނައިލް ކޯޓް. ފޮޓޯ: ސޯޝަލް މީޑިއާ


އިންޑިއާ ހެކަރުން ޖުވެނައިލްކޯޓުގެ ވެބްސައިޓް ހެކްކޮށް ދިވެހިންނަށް އިންޒާރުދީފި

10 ޖަނަވަރީ 2024 - 11:19 1

އިންޑިއާގެ ހެކަރުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް، ދިވެހިންނަށް އިންޒާރެއް ދީފި އެވެ.

ޖުވެނައިލްކޯޓުގެ ވެބްސައިޓް ހެކްކޮށް، އިންޑިއާގެ ހެކަރުން ލިއުނު ދިގު މެސެޖެއްގައިވާ ގޮތުން އެޖަރީމާ ހިންގީ އިންޑިއާގެ ހެކަރުންގެ ގިނަ ޖަމާއަތްތަކެއް ބައިވެރިވެގެންނެވެ. އޭގެ ތެރޭގައި ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅޭ ކެރެލާ ސްޓޭޓްގެ ހެކަރުންގެ ޖަމާއަތެއް ވެސް ހިމެނެ އެވެ.

ޖުވެނައިލްކޯޓުގެ ވެބްސައިޓުގައި ހެކަރުން ލިއުނު މެސެޖްގައި ބުނީ އެ ވެބްސައިަޓް ހެކްކުރީ ރާއްޖޭގެ ބައެއް މިނިސްޓަރުން (ޑެޕިިއުޓީ މިނިސްޓަރުން) އެގައުމާ ދެކޮޅަށް ދެއްކި ވާހަކަތަކަށް ދިން ރައްދެއްގެ ގޮތުގައި ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ވެފައިވާ އެހީތައް ހަނދާން ނައްތާލައި "އިހުތިރާމްކުޑަކޮށްލާފައިވާތީ" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށް ވެސް އެ މެސެޖްގައި ބުންޏެވެ.

އެވާހަކަތަކަށް ފަހު ދިވެހިންނަށް އިންޒާރުދެމުން ހެކަރުންގެ މެސެޖްގައި ބުނީ އެމީހުންނަކީ ރާއްޖޭގެ ސައިބާ ސްޕޭސްއަށް ބޮޑެތި ގެއްލުންތައް ދިނުމުގެ ގާބިލުކަން ހުރި ބައެއް ކަމަށެވެ.

އިންޑިއާގެ ހަރުކަށި ހިންދޫން އެެގައުމުގެ މުސްލިމުންނަށް ހަމަލާދޭ އިރު ބޭނުންކުރާ ދީނީ ޝިއާރެއް ވެސް މެސެޖް ނިންމައިލަމުން ލިޔެފައި ވެ އެވެ.

އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4، ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިތަކަކާ ގުޅިގެން ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ބޮލީވުޑްތަރިން ހިމެނޭ ގޮތަށް ވަނީ ކެމްޕޭނެއް ފަށައިފަ އެވެ.