Advertisement

އަމީނީ މަގުގައި ތާރު އަޅައި ނިންމާލައިފި

9 ޖަނަވަރީ 2024 - 12:59 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އަމީނީ މަގު ތާރު އަޅައި ނިމިފައި -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ


އަމީނީ މަގުގައި ތާރު އަޅައި ނިންމާލައިފި

9 ޖަނަވަރީ 2024 - 12:59 0

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފަހު ދެ ސެގްމެންޓުގައި ވެސް ތާރު އެޅުމުގެ މަސައްކަތް ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ވަނީ އެ މަގުގައި ތާރު އަޅާފައިވާ ފޮޓޯތަށް އާންމުކޮށްފަ އެވެ. މި ދެ ސެގްމެންޓުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު 9، ގަ އެވެ. އެގޮތުން މަސައްކަތް ނިންމާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމިފައިވާއިރު، 1.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މެއި 28، 2023 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކުރީ ވަނީ 84 މިލިއަން ރުފިޔާއަށެވެ.