Advertisement

މޯލްޑިއަން އަށް ބޯއިންގެ 8-787 ގެ ޑްރީމްލައިނާ އެއް ކުއްޔަށް ހިފަން އިއުލާނު ކޮށްފި

9 ޖަނަވަރީ 2024 - 11:58 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ބޯއިން 787 މަރުކާގެ ބޯޓެއް: މޯލްޑިވިއަން އިން ބޯޓު ކުއްޔަށް ހިފަނީ ހަ އަހަރު ދުވަހުގެ މުއްދަތައް-- ފައިލް ފޮޓޯ


މޯލްޑިއަން އަށް ބޯއިންގެ 8-787 ގެ ޑްރީމްލައިނާ އެއް ކުއްޔަށް ހިފަން އިއުލާނު ކޮށްފި

9 ޖަނަވަރީ 2024 - 11:58 0

ޒަމާނީ މަތިންދާބޯޓެއްގެ ގޮތުގައި ފާހަގަ ކުރާ، ބޯއިން 8-787 (ޑްރީމްލައިނާ) ގެ މަތިންދާ ބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް، މޯލްޑިވިއަންގެ ހިދުމަތް ދޭ، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން އިއުލާނު ކޮށްފި އެވެ.

ގެޒެޓްގައި އައިއޭއެސް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ، ބޯއިން 8-787 ގެ ބޯޓެއް ހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:30 ގެ ކުރިން، އީމެއިލް މެދުވެރިކޮށް އެކަން އެންގުމަށެވެ. މިއީ ބޯއިންގެ ބޯޓެއް މޯލްޑިއަން އިން ހޯދާ ފުރަތަމަ ފަހަރެވެ.

ބޯއިން 8-787 ގެ ޑްރީމްލައިނާ އަކީ 248 މީހުންގެ ޖާގައިގެ، 7،305 ނޯޓިކަލް މޭލަށް ދަތުރުކުމުގެ ގާބިލުކަން ލިބިފައިވާ، ތެލުގެ ހަރަދު 25 ޕަސެންޓް ކުޑަ ބޯޓެކެވެ. ބޯއިން ކުންފުނިން ބޯއިން 787 ސީރީސްގެ މަތިންދާބޯޓު ވައިގެ ދަތުރުފަތުރުގައި ފުރަތަމަ ބޭނުންކުރަން ފެށީ 2011 ވަނަ އަހަރު އެވެ.

ދުނިޔޭގެ މާކެޓްގައި ބޯއިން 8-787 ބޯޓެއް މިހާރު ކުއްޔަށް ދޭ ކަމަށް އެނގިފައިވަނީ، މަހަކު ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރަށެވެ.

އައިއެސް އިން މިއަދު ވަނީ އެ ކުންފުނިން 2012 ވަނަ އަހަރު ގަނެފައިވާ 50 މީހުންގެ ޖާގައިގެ ޑޭޝް-8 ގެ ބޯޓެއް ވިއްކާލުމަށް ވެސް ގެޒެޓުގައި އިއުލާނު ކޮށްފަ އެވެ. އެއާފްލީޓްސް ވެބްސައިޓުގައިވާ ގޮތުން ވިއްކާލަން އިއުލާނު ކޮށްފައިވާ ބޯޓަކީ (ޑީއެޗްސީ-8، އެމްއެސްއެން 546) 23 އަހަރު ވެފައިވާ ބޯޓެކެވެ.

މޯލްޑިވިއަން އިން މިދިޔަ ހަފުގައި ވަނީ އޭ 330-200 ގެ އެއާބަސް ބޯޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް ވެސް އިއުލާނު ކޮށްފަ އެވެ.

ވައިޑް ބޮޑީ ދެ އެއާކްރާފްޓު ގެންނަން ބޭނުންވާ ފައިސާ އައިއޭއެސް އަށް ހަމަޖައްސައި ދިނުމަށް މިދިޔަ މަހު ކެބިނެޓުން އޮތީ ނިންމަފައިފަ އެވެ.