Advertisement

ޔުނައިޓެޑް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް

9 ޖަނަވަރީ 2024 - 08:49 0


ޔުނައިޓެޑް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް

9 ޖަނަވަރީ 2024 - 08:49 0

ލަންޑަން (ޖެނުއަރީ 9) - ވިގަން އެތުލެޓިކްގެ މައްޗަށް 2-0 އިން ކުރިހޯދައި، މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އެފްއޭ ކަޕްގެ ތަށި 12 ފަހަރު އުފުލާލައިފައިވާ ޔުނައިޓެޑުން ރޭގެ މެޗުގައި ލީޑުނެގީ 22 ވަނަ މިނިޓްގަ އެވެ. މާކަސް ރެޝްފޯޑް ޖެހި ޝޮޓެއް ބްލޮކްވި ފަހުން، ޑިއޯގޯ ޑަލޯ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔުނައިޓެޑަށް ދެ ވަނަ ގޯލެއް ޖަހައިދޭން، ރަސްމުސް ހޮއިލުންޑާއި ރެޝްފޯޑްގެ އިތުރުން އަލެހަންދްރޯ ގާނާޗޯ މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. ގާނާޗޯ އާއި ހޮއިލުންޑް ޖެހި ބޯޅަތައް އަމާޒުވީ ދަނޑިއަށެވެ.

މުބާރާތުގެ ހަތަރު ވަނަ ބުރުން ޔުނައިޓެޑުން ޖާގަ ޔަގީންކުރީ މެޗުގެ ދެ ވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް ޖެހި ގޯލުންނެވެ. ފެނާންޑޭސް މި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ލިބުނީ، ފެނާންޑޭސް އަށް ވިގަންގެ ލިއަމް ޝޯ ކުރި ފައުލަކަށެވެ.

ހަތަރު ވަނަ ބުރުގައި ޔުނައިޓެޑުން ކުޅެން ޖެހޭނީ ދަށް ޑިވިޝަނުގެ ޓީމަކާ ދެކޮޅަށެވެ. އެއީ، އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ 18 ވަނައިގައި އޮތް ނިއުޕޯޓް ކައުންޓީ ނޫނީ އިނގިރޭސި އެންމެ ދަށް ޑިވިޝަނުގެ ޓީމު، އީސްޓްލައިއާ އެވެ.

އެފްއޭ ކަޕްގެ ހަަތަރު ވަނަ ބުރުގައި އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ބައްދަލުކުރާ މެޗާއި ޗެލްސީން އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭޢ މެޗެވެ.