Advertisement

ރެއާލާ އެކު އެމްބާޕޭ "ޑީލެއް" ނަހަދާ

8 ޖަނަވަރީ 2024 - 18:06 0


ރެއާލާ އެކު އެމްބާޕޭ "ޑީލެއް" ނަހަދާ

8 ޖަނަވަރީ 2024 - 18:06 0

މެޑްރިޑް (ޖެނުއަރީ 8) - ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ "ޑީލެއް" ނަހަދާ ކަމަށް ބުނެފި އެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ވެސް ރެއާލުން އެމްބާޕޭ ހޯދަން މަސައްކަތް ކުރި ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، އެ ފަހަރުވެސް އެމްބާޕޭ ވަނީ އެކަން ދޮގުކޮށްފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓް ފަށައިގެން ވެސް އެމްބާޕޭ ރެއާލަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރެން ފަށައިފަ އެވެ. އެއާ އެކު އެމްބާޕޭ ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެމްބާޕޭ 25, ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ. ޕީއެސްޖީން އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެމްބާޕޭ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައި ނުވެ އެވެ.

މީގެ ކުރިން، ރެއާލުން ވަނީ އެމްބާޕޭ ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން ރެއާލުން ތިން ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް ހުށަހަޅާފައިވެ އެވެ. އެކަމަކު، އެ ހުރިހާ ފަހަރަކު ވެސް ޕީއެސްޖީ އަދި އެމްބާޕޭ ވެސް ވަނީ ރެއާލްގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގެ ފޯކަސް މި ވަގުތު ހުރީ ޒުވާން ކުޅުންތެރިން ގެނަސް ޓީމު ވަރުގަދަ ކުރުމަށެވެ. ރެއާލްގެ ޕްލޭނުގައި ކުރިން އެމްބާޕޭ ހިމެނުނަސް އެ ޕްލޭންގައި މިހާރު އޭނާ ނުހިމެނެ އެވެ.

އެމްބާޕޭ ބުނީ ރެއާލާ އޭނާއާ ދެމެދު ޓްރާންސްފާގެ ކަންތަކުގައި އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކަމަށެވެ.

މި ވަގުތު ފޯކަސް ހުރީ އޭނާގެ ކޮންޓްރެކްޓް ނިމުމާ ހަމަ އަށް ޕީއެސްޖީގައި ކާމިޔާބު ހޯދަން ކަމަށް އެމްބާޕޭ ހާމަކޮށްފައިވެ އެވެ.

ސްޕެއިންގެ ބައެއް މީޑިއާ ތަކުން މިއަދު ވަނީ އެމްބާޕޭ ރެއާލަށް ބަދަލުވާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި ރެއާލާ އެކު އެމްބާޕޭ ވަރަށް އަވަހަށް ކޮންޓްރެކްޓެއްގައި ސޮއި ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެމްބާޕޭ މިއަދު ވެސް ވަނީ އެކަން ދޮގު ކޮށްފަ އެވެ.