Advertisement

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ދިވެއްސަކު ހައްޔަރުކޮށްފި

6 ޖަނަވަރީ 2024 - 17:47 0


ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ދިވެއްސަކު ހައްޔަރުކޮށްފި

6 ޖަނަވަރީ 2024 - 17:47 0

ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެން އެކަމާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި ފުރަތަމަ މަރުހަލާގައި ތަހުގީގު ކުރިއިރު އެއީ ސިންތެޓިކް ކެތިނޯންކަން އެނގިފައިވާ ކަމަށާއި އެ ޕެކޭޖުގެ ބަރުދަނުގައި 1.132 ކިލޯގްރާމް ހުރި ކަމަށެވެ.

މި އޮޕަރޭޝަނަކީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.

އެ ޕެޖޭކު ބަލައި ކަސްޓަމްސްއަށް އައި 20 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. މިފަދަ ޕެކޭޖުތައް ހުއްޓުވައި އަތުލައިގަނެ ބައެއް ފަހަރު މީހުން ހައްޔަރުވެސް ކުރެ އެވެ.