Advertisement

ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭން ފުރަތަމަ ފަހަރަށް ފޮތެއް ނެރެފި

5 ޖަނަވަރީ 2024 - 14:47 0

ނިމާ ހަސަން

ނިމާ ހަސަން

ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭން ނެރުނު ފޮތް: މި ފޮތް ލިޔުނީ ދިވެހި ބަސް ދަސްކޮށްފައިވާ ޗައިނާގެ ފެންގް ފެންގް -- ފޮޓޯ: ސޯޝަލް މީޑިއާ


ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭން ފުރަތަމަ ފަހަރަށް ފޮތެއް ނެރެފި

5 ޖަނަވަރީ 2024 - 14:47 0

ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭން ފުރަތަމަ ފަހަރަށް ފޮތެއް ނެރެފި އެވެ.

ޗައިނާގެ ފެންގް ފެންގް ލިޔެފައިވާ "ދިވެހި ބަސް" މި ފޮތަކީ, ދިވެހި ބަހާއި ޗައިނާ ބަސް ހިމެނޭހެން, ބަސް ދަސްކޮށްދިނުމުގެ ބޭނުމުގައި ލިޔެފައިވާ ފޮތެކެވެ.

މި ފޮތް ނެރުނުކަން ހާމަކޮށް އޭނާ އެކްސްގައި ކުރި ޕޯސްޓުގައި ބުނީ, އޭނާގެ މި ފޮތާއެކު ޗައިނާގެ ގިނަ ބަޔަކަށް ދިވެހިންގެ ރީތި ބަސް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ފޮތް ލިޔުމުގައި އޭނާގެ ދިވެހި ރައްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަމަށް އޭނާ ޝުކުރު އަދާކޮށްފައި ވެ އެވެ.

ފެންގް ގެންދަނީ މި ފޮތް އަލީ އެކްސްޕްރެސްގައި ވިއްކަމުންނެވެ.

ފެންގް ދިވެހި ބަސް ދަސްކުރަން ފެށީ 2013 އެވެ. އޭނާ ވަނީ ދިވެހިބަހުގެ ކޯސް ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ފުރިހަމަކޮށްފަ އެވެ. އަދި މިހާރު އޭނާ އަންނަނީ ޗައިނާގެ ލޭންގުއޭޖް އުނގަންނައިދޭ އެންމެ ބޮޑު ޔުނިވާސިޓީ، ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވާސިޓީގައި ދިވެހި ބަސް އުނގަންނައިދެމުންނެވެ.