Advertisement

ބްލިންކެންގެ ފޯނު ކޯލެއް ޒަމީރަށް، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

5 ޖަނަވަރީ 2024 - 06:19 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ބްލިންކެންގެ ފޯނު ކޯލެއް ޒަމީރަށް، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

5 ޖަނަވަރީ 2024 - 06:19 1

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން, ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް އިއްޔެ ފޯނުން ގުޅުވައި، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ރޭ ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޒަމީރާއި ސެކްރެޓަރީ ބްލިންކެންގެ ފޯނު ކޯލުގައި، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. އެގޮތުން އަސްކަރީ ގުޅުމާއި، އިގުތިސާދީ، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމާއި ހެޔޮވެރިކަން އަދި ޑިމޮކްރަސީ ކުރިއެރުވުމާ ގުޅޭ ގޮތުން ދެ ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއާއެކު އޮންނަނީ މުހިއްމު ގުޅުމެއްކަން ފާހަގަ ކުރައްވައި ބްލިންކެން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުން ދެމެހެއްޓުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށެވެ.

އެކި ދާއިރާތަކުން އެމެރިކާއިން ރާއްޖެއަށް ދޭ އެހީތެރިކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް، ކުރިއަށް ދިޔުމަށް މި ސަރުކާރުން ބޭނުންވާ ކަމަށެވެ.