Advertisement

އިންޓެލް އިން އައު 'މިނިވަން' އޭއައި ކުންފުންޏެއް އުފައްދައިފި

5 ޖަނަވަރީ 2024 - 10:29 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

އިންޓެލް އިން އުފެއްދި އާޓިކިއުލޭޓް އޭއައިގެ ލޯގޯ: މި ކުންފުނީގައި އިންޓެލްއިން އަދާކުރަނީ ހިއްސާދާރެއްގެ ރޯލު --


އިންޓެލް އިން އައު 'މިނިވަން' އޭއައި ކުންފުންޏެއް އުފައްދައިފި

5 ޖަނަވަރީ 2024 - 10:29 0

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އިންޓެލް އިން ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (ޖެންއޭއައި) އަށް ހާއްސަ މިނިވަން ކުންފުންޏެއް އުފައްދައިފި އެވެ.

"އާޓިއުކިލޭޓް އޭއައި" ގެ ނަން ދީފައިވާ މި ކުންފުނި އުފައްދަނީ އިންޓެލް އާއި ޑިޖިޓަލް އެސެޓް މެނޭޖްކުރާ ޑިޖިޓަލްބްރިޖް ގްރޫޕް އަދި އެހެނިހެން އިންވެސްޓަރުން ގުޅިގެންނެވެ. ނަމަވެސް މި ކުންފުންޏާ ގުޅޭ މާލީ ކަންކަމުގެ ތަފްސީލު އިންޓެލްއިން ހާމަކޮށްފައެއް ނުވެ އެވެ.

މި ކުންފުނީގައި އިންޓެލް އަދާކުރާނީ ހިއްސާދާރެއްގެ މަގާމެވެ. ކުންފުނީގެ ބޯޑް އޮފް އޮފް ޑިރެކްޓާސް އެކުލަވާލާނީ މިނިވަން ފަރާތްތައް ހިމެނޭ ގޮތަށެވެ.

އާޓިކިއުލޭޓްގެ ސީއީއޯއަކަށް ހަމަޖައްސާފައި ވަނީ އަރުން ސުބްރަމަނިޔަން އެވެ. އޭނާއަކީ ކުރިން އިންޓެލްގެ ޑޭޓާ ސެންޓަރާއި އޭއައި ގްރޫޕުގެ ޖެނެރަލް މެނޭޖަރެވެ.

އައު ކުންފުންޏާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސުބްރަމަނިޔަން ވަނީ ޖެނެރޭޓިވް އޭއައި އުފައްދާ ފަރާތްތަކަށް އެ ޓެކްނޮލޮޖީތައް މާކެޓަށް ނެރުމަށް ހިނގަމުންދާ ބޮޑު ހަރަދު ފާހަގަކޮށްފަ އެވެ. އަދި މި ކުންފުނީގެ އެއް ބޭނުމަކީ މި ކަމުގައި ދެމެހެއްޓެނިވި ހައްލެއް ހޯދުންކަމަށް އޭނާ ބުނެފައި ވެ އެވެ.

ބައިނަލްއަގުވާމީ އޭއައީ ޗިޕް މާކެޓުގައި ކުރިއެރުމަށް އިންޓެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ މާކެޓުގެ އެންމެ އިސް ކުންފުނި "އިންވިޑިއާ" އައު ވާދަކުރުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ޗިޕްގެ އިތުރުން އޭއައި ސޮފްޓްވެއާތައް ހެދުމުގެ މަސައްކަތްތައްވެސް އިންޓެލް އިން ކުރެ އެވެ. އާޓިކިއުލޭޓް އަކީ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) އާ އެކީ އިންޓެލް އިން ކުރި، އެންޓަޕްރައިޒް އޭއައި ދިރާސާގެ ނަތީޖާ އެވެ.

އެ ދިރާސާގައި އިންޓެލް އިން ވަނީ ސުޕަކޮމްޕިއުޓަރެއް ބޭނުންކޮށްގެން ފޮޓޯ އަދި ލިޔުން ނަގައިގަނެ އުފައްދާ ޖެނެރޭޓިވް އޭއައިއެއް އުފައްދައިފަ އެވެ. މި ކަމަށް ބޭނުންކޮށްފައި ވަނީ އޯޕެންސޯސް އަދި އިންޓާނަލީ-ޑިވެލޮޕްޑް ޓެކްނޮލޮޖީތަކެކެވެ.