Advertisement

އިންޓެލްއިން އެމެރިކާގެ ހަތަރު ސްޓޭޓަކަށް 100 ބިލިއަން ޑޮލަރު ހޭދަކުރަނީ

21 މާރިޗު 2024 - 12:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިންޓެލްއިން އެމެރިކާގެ ހަތަރު ސްޓޭޓަކަށް 100 ބިލިއަން ޑޮލަރު ހޭދަކުރަނީ

21 މާރިޗު 2024 - 12:50 0

އެމެރިކާގެ ޓެކް ކުންފުނި އިންޓެލްއިން ފެކްޓްރީތައް އަޅައި، ކުންފުނި ފުޅާކުރަން އެމެރިކާގެ ހަތަރު ސްޓޭޓަކަށް 100 ބިލިއަން ޑޮލަރު ހޭދަ ކުރުމަށް ޕްލޭނެއް އެކުލަވާލައިފި އެވެ.

ރޮއިޓާސްއިން ބުނީ އިންޓެލްއިން އެމެރިކާގައި ފެކްޓްރީތަކުގެ އަޅައި ކުންފުނި ފުޅާކުރަން އެމެރިކާއިން ގްރާންޓުގެ އިތުރުން ލޯނުގެ ގޮތުގައި 19.5 ބިލިއަން ޑޮލަރު ދޭނެ ކަމަށާއި، އެ ކުންފުންޏަށް 25 ބިލިއަން ޑޮލަރުގެ ޓެކްސްގެ ލުއިވެސް ދޭނެ ކަމަށެވެ.

އިންޓެލްގެ ސީއީއޯ ޕެޓް ޖެލްސިންގާ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ އެ ކުންފުނީގެ ފަސް އަހަރުގެ ހަރަދު ޕްލޭންގައި ކޮލަމްބަސް އާއި އޮހައިއޯގެ ހުސް ދަނޑުތަކުގައި ދުނިޔޭގެ އެންމެ ބޮޑު އޭއައި ޗިޕް އުފައްދާ ސައިޓު ހަދާނެ ކަމަށެވެ. އަދި އެ މަސައްކަތް 2027 ގައި ފެށޭނެ ކަމަށް އޭނާ ބުންޏެވެ.

އިންޓެލްއިން ހަރަދުކުރާ 100 ބިލިއަން ޑޮލަރުގެ ޕްލޭންގެ ދަށުން 30 ޕަސަންޓު ކޮންސްޓްރަކްޝަން ކޮސްޓަށް ހަރަދުކުރާއިރު، ބާކީ ބައި ހަރަދު ކުރަން ނިންމާފައި ވަނީ ޗިޕު އުފެއްދުމަށް ބޭނުން ކުރާ ޓޫލްސްތައް ގަތުމަށެވެ.

މީގެއިތުރުން ނިއު މެކްސިކޯ އާއި އޮރެގޮންގެ އިތުރުން އެރިޒޯނާގައި އިންޓެލްގެ އޮޕަރޭޝަންތައް ވަރުގަދަކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމެރިކާއިން ވަނީ އެ ގައުމުގެ ޗިޕުތަކުގެ ގާނޫނުގެ ދަށުން ބިލިއަނުން އިންޓެލްއަށް ފައިސާ ދޭން ނިންމާފައިވާކަން ބުދަ ދުވަހު ހާމަކޮށްފަ އެވެ.