Advertisement

ގައުމީ ވޮލީބޯޅަ މުބާރާތް: ވެމްކޯ ސެމީ އަށް

4 ޖަނަވަރީ 2024 - 12:46 0

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ މެޗެއްގެ ތެރެއިން ވެމްކޯ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގައުމީ ވޮލީބޯޅަ މުބާރާތް: ވެމްކޯ ސެމީ އަށް

4 ޖަނަވަރީ 2024 - 12:46 0

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުން ކްލަބް ވެމްކޯ ފުރުސަތު ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗު ވެމްކޯ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-21, 25-13 އަދި 25-18 އިންނެވެ. މި މެޗުގައި ވެމްކޯއިން އަލަށް ގެނައި ބިދޭސީ ކުޅުންތެރިޔާ ކިއެޝާ ރެކޯލް ކުޅެފައިވެ އެވެ. އަދި އޭނާގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ރޭ ޕޮލިސް ކުލަބުން އަލްމާ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިސް ކުލަބްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓު އަލްމާއިން ވަނީ ފަސޭހަކަމާ އެކު 25-18 އިން ކާމިޔާބުކުރި އެވެ. އެކަމަކު، ޖެހިގެން އަދި ތިން ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން ރަނގަޅަށް މެޗުގެ ތެރެއަށް ވަދެ ފޯކަސްކޮށްގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މި ތިން ސެޓު ޕޮލިހުން ވަނީ ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފަ އެވެ. އެއީ 25-18, 25-18 އަދި 25-17

މި މުބާރާތުގެ ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ޕޫލް އޭގެ ދެ ވަނަ ޓީމު ވެމްކޯ އާއި ޕޫލް ބީގެ ދެ ވަނަ ޓީމު އަލްމާ އެވެ. މި މެޗު ކާމިޔާބު ކުރާ ޓީމަކަށް ތިން ވަނަ ސެމީގެ ޖާގަ ލިބޭނެ އެވެ.

މުބާރާތުގެ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ޕޫލް އޭގެ އެއް ވަނަ ޓީމު ޔޫތު ނިއު ޖެނެރޭޝަން އާއި ޕޫލް ބީގެ އެއް ވަނަ ޓީމު ޕޮލިސް ކުލަބެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު, ބަލިވާ ޓީމެއް ކުޅެން ޖެހޭނީ ތިންވަނަ ސެމީ އެވެ.