Advertisement

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

1 ޖަނަވަރީ 2024 - 23:36 0

ނަހުލާ ޖޭޕީގެ ޖަލްސާއެއްގައި ބައިވެރިވަނީ. އޭނާ ވާދަކުރާނީ އެ ޕާޓީގެ ޓިކެޓުގައި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

1 ޖަނަވަރީ 2024 - 23:36 0

ކުރީ ސަރުކާރުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް ހުންނެވި އައިޝަތު ނަހުލާ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމައިފި އެވެ.

އޭނާ ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި, ވާދަކުރާނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައިކަން ވެސް ހާމަކުރެއްވި އެވެ. ނަހުލާ މިވަގުތު ވެސް ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގަ އެވެ.

"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު އައިޝަތު ނަހުލާ (އައިޝާ) ކުރިމަތިލުމަށް ނިންމައިފީ މެވެ. އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަ ބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން," އޭނާ ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެ އެވެ.

އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ 2018 ގެ އިންތިހާބުގެ ތެރޭގަ އެވެ. އޭރު އޭނާގެ ފިރިކަލުން އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ ރާއްޖޭން ބޭރަށް އަރުވާލެވިގެންނެވެ.

އެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ރާއްޖޭގެ ބައެއް ރަށްތަކަށް ވަޑައިގެން އޭނާ ކެމްޕޭން ވެސް ކުރެއްވި އެވެ. އަދި, އިންތިހާބަށް ފަހު ސޯލިހު އެކުލަވާލެއްވި ކެބިނެޓުގައި ވެސް ހިމެނިވަޑައިގެން ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި އެވެ.