31 ޑިސެންބަރު 2023 - 11:11 0
މޯލްޑިވިއަން އިން މީގެކުރިން ބޭނުންކުރި ވައިޑް ބޮޑީ ޖެޓް އެއާކްރާފްޓެއް ވެލާނާ އެއާޕޯޓުގައި ---
31 ޑިސެންބަރު 2023 - 11:11 0
ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް ބޭނުންވާ ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމަށް މޯލްޑިވިއަން އިން އިއުލާނުކޮށްފި އެވެ.
އެ އެއާލައިނުން މިފަހަރު އިއުލާނުކުރީ އޭ 330-200 މަރުކާގެ އެއް ބޯޓު ހޯދުމަށެވެ. މި ބޯޓު މޯލްޑިވިއަނުން ކުއްޔަށް ނަގާނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
ޖެނުއަރީ 18, ގެ ނިޔަލަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބިޑު ކާމިޔާބުކުރާ ފަރާތަށް ފެބްރުއަރީ 10, ގައި އަންގާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މި މަރުކާގެ ބޯޓުތަކުގެ އަގަކީ 238.5 މިލިއަން ޑޮލަރެވެ. އިންޓަނޭޝަނަލް ބިއުރޯ އޮފް އޭވިއޭޝަން (އައިބީއޭ) އިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ތެރޭގައި މިފަދަ ބޯޓެއް މަހެއްގެ މައްޗަށް ކުއްޔަށް ހިފާނަމަ 250,000 އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް ހޭދަވާނެ އެވެ.
އެހެންކަމުން ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ ރޭޓުގައި މޯލްޑިވިއަންއިން ކުއްޔަށް ނެގި ނަމަވެސް 15 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެއީ ގާތްގަނޑަކަށް 231 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.
މޯލްޑިވިއަން އިން އާ 330-200 ގެ ވައިޑް ބޮޑީ ދެ މަތިންދާ ބޯޓު ހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް މި އަހަރުގެ ފެބްރުއަރީ އިއުލާނު ކުރި އެވެ.
އެއީ ގިނަވެގެން 406 ސީޓު ހަރުކުރެވޭ، 7،250 ނޯޓިކަލް މޭލުގެ ދުރުމިނުގެ މަންޒިލުކަތަށް ދިގު ދަތުރުތައް ކުރުމުގެ ގާބިލުކަން ހުރި ބޯޓެކެވެ.
މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭންކުރަމުން އައީ އެއާބަސް-321، އެއާބަސް-320 ގެ ދެބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލާފަ އެވެ.
Comment