Advertisement

ފުރަން ދިޔަ މީހާގެ އަތުން ފެނުނީ ވަޒަނެއް ކަމަށް މިހާތަަނަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެފި

30 ޑިސެންބަރު 2023 - 12:28 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކުޅުދުއްފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް


ފުރަން ދިޔަ މީހާގެ އަތުން ފެނުނީ ވަޒަނެއް ކަމަށް މިހާތަަނަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެފި

30 ޑިސެންބަރު 2023 - 12:28 2

ހދ. ކުޅުދުއްފުށީ އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން އިއްޔެ ފެނުނީ ވަޒަނެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެއާޕޯޓުން ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނު ކަމަށް ރިޕޯޓު ކުރީ އިއްޔެ ހަވީރެވެ. އެ މައްސަލަ ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހާ މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ބުނީ، ތަހުގީގުގެ މިހާތަނަށް ވެސް އިއްޔެ ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހާގެ ދަބަހުން ފެނުނީ ވަޒަނެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

ވަޒަނެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނީ އިއްޔެ ހަވީރު މާލެ ފުރުމަށް ތާވަލުކޮށްފައި އޮތް މޯލްޑިވިއަންގެ ފްލައިޓުކުން ފުރަން އެއާޕޯޓަށް ދިޔަ އަންހެނެއްގެ ދަބަހުންނެވެ.