Advertisement

އާ އަހަރު ފާހަގަކުރަން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް" ހަވާ އާއި މިއުޒިކް ޝޯއާއެކު ބާއްވަނީ

28 ޑިސެންބަރު 2023 - 13:39 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އާ އަހަރު ފާހަގަކުރުމަށް ބޭއްވި މިޔުޒިކް ޝޯ ގެ ތެރެއިން، އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ބާއްވާނީ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި


އާ އަހަރު ފާހަގަކުރަން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް" ހަވާ އާއި މިއުޒިކް ޝޯއާއެކު ބާއްވަނީ

28 ޑިސެންބަރު 2023 - 13:39 1

އާ އަހަރު ފާހަގަކުރުމަށް ހަވާ އެރުވުމާއި ލޭޒާ ޝޯއާއެކު، މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އާ އަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯ ބޭއްވުމަކީ އަބަދުވެސް ކުރަމުން އަންނަކަމެއް ކަމަށެވެ. އެގޮތުން، މި ފަހަރު އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ބާއްވާނީ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި ކަމަށް ވިދާޅުވި އެވެ.

ފެސްޓިވަލް ކުރިއަށް ގެންދާނީ ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ޒުވާން ޖީލަށް ދެން އަންނަން ތިބި ބަޔަކީ ކުޑަކުދިން، އެ ކުދިންނަށް ހާއްސަކޮށް އަހަރު ނިންމުމަށް އެބަ ބާއްވަން ކުޑަ ކުދިންގެ އާއިލީ ހަވީރެއް 31 ވަނަ ދުވަހުގެ ހަވީރު،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ ލޭޒާ ޝޯ އާއި ހަވާ އެރުވުމާއެކު މިޔުޒިކް ޝޯ ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ފެސްޓިވަލަކީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބާއްވާ ފުރަތަމަ އިވެންޓްއަށް ވާތީ، މި އިވެންޓް ހާއްސަ ކުރާނީ ދިވެހި ފަންނާނުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި އާޓީސްޓުންނަށް ރައީސް ވަރަށް އިސްކަން ދެއްވާ، އެންމެ ބޮޑު އަމާޒަކަށް ވެގެން މި ދިޔައީ އަޅުގަނޑުމެން މި ސަރުކާރުން ބާއްވާ ފުރަތަމަ ފެސްޓިވަލް ދިވެހި ފަންނާނުންނަށް ހާއްސަ ފެސްޓިވަލަކަށް ހެދުމަށް، މި ފެސްޓިވަލްގެ ހަރަކާތްތަކަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ ސަރުކާރުތަކުގައި ވެސް އެކި ނަންނަމުގައި މިއުުޒިކް ޝޯތައް ބާއްވާފައިވެ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އެ ސަރުކާރުތަކަށް އަމާޒުވި އެވެ.