Advertisement

ޖަނާހުގެ ދަރިކަނބަލުން ނޫރައިން، އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމަށް

27 ޑިސެންބަރު 2023 - 23:12 1


ޖަނާހުގެ ދަރިކަނބަލުން ނޫރައިން، އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމަށް

27 ޑިސެންބަރު 2023 - 23:12 1

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހު އައްޔަނުކޮށްފި އެވެ.

އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.

ނޫރައިންއަކީ 10 އަހަރުގެ މެނޭޖުމަންޓު ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓަންޓަކެވެ. އަދި, އޭނާއަކީ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕްގެ ވައިސް ޗެއާ އެވެ.

ރެހެންދި ކޮންސަލްޓިންގެ ފައުންޑާ އަދި ޑިރެކްޓަރަކީ ވެސް ނޫރައިން އެވެ. އޭނާ އުޅެ ބޮޑުވީ ރާއްޖެ އާއި ނިއު ޒިލެންޑްގަ އެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭ އިޝްތިހާރު ކުރުމުގެ ޒިންމާ އަދާކުރާ ކުންފުންޏެވެ. އެ ކުންފުނި އެއްކޮށް ރީބްރޭންޑް ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ފާތިމަތު ތައުފީގެވެ.