Advertisement

ގޮޅި ފާސްކުރަން އުޅުމުން ހިނގި ހަމަނުޖެހުމެއްގައި ޖަލު އޮފިސަރުންނާއި ގައިދީންތަކަކަށް އަނިޔާތަކެއް

27 ޑިސެންބަރު 2023 - 21:38 3

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މާފުށީ ޖަލު، ގޮޅިތައް ބަލައި ފާސް ކުރަން ވަނުމުން މި ފަދަ ހަމަނުޖެހުން ހިނގާ ކަމަށް ކަރެކްޝަންސް އިން ބުނޭ - ފޮޓޯ: މެކްޒިމަސް ފިލްމްސް


ގޮޅި ފާސްކުރަން އުޅުމުން ހިނގި ހަމަނުޖެހުމެއްގައި ޖަލު އޮފިސަރުންނާއި ގައިދީންތަކަކަށް އަނިޔާތަކެއް

27 ޑިސެންބަރު 2023 - 21:38 3

މާފުށީ ޖަލު ގޮޅިއެއް ބަލައި ފާސް ކުރަން ވަނުމުން، ހަމަނުޖެހުން ހިނގައި ގައިދީންތަކަކާއި އޮފިސަރުންތަކަކަށް އަނިޔާ ވެއްޖެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން،ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ އާންމު ގޮތެއްގައި ވެސް ކުރާ "ރެންޑަމް ޗެކް" ކުރުމަށް ގޮޅިތަކަށް އޮފިސަރުން ވަނުމުން ގައިދީން އޮފިސަރުންނަށް ހަމަލާ ދޭ ކަމަށެވެ. މިއަދު ވެސް ހިނގީ އެފަދަ ހާދިސާއެއް ކަމަށް ވިދާޅުވި އެވެ.

"ގައިދީން އޮފިސަރުންނަށް ހަމަލާ ދިނީ ގޮޅިތައް ފާސް ކުރަން ވަނީމަ، މިފަދައިން ފާސް ކުރާ ފަހަރުތަކުގައި ގައިދީން ގެންގުޅޭ މަނާ ތަކެތި އޮފިސަރުން ހޯދާތީ މިކަހަލަ ހަމަނުޖެހުންތައް އާންމުކޮށް ވެސް ހިނގާ، ހަމަލާ ދިނީމަ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ގާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ބޭނުން އޮފިސަރުން ކުރި،" މީޑިޔާ އޮފިސަރު ވިދާޅުވި އެވެ.

އެ ހަމަނުޖެހުންތަކުގައި އޮފިސަރުންނަށް ވެސް ގައިދީންނަށް ވެސް، އެކި ވަރުގެ ކުދި އަނިޔާ ލިބުނު ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ. އަދި، އެ އަނިޔާތަކަށް ފަރުވާ ދީފައިވާކަމަށް ވެސް މީޑިޔާ އޮފިސަރު ވިދާޅުވި އެވެ.

ސޯޝަލް މީޑިޔާގައި "އުދަރެސް" އިން ދައުރު ކުރި ފޮޓޯތަކެއްގައި ގައިދީންތަކަކަށް އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. ފޮޓޯތަކުގައި ހަށިގަނޑުގެ ތަންތަން ނޫފައިގެންފައި ހުރި ތަންތަނާއި، ބޮލަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ތަން ފެންނަން ހުއްޓެވެ.

އެހެންނަމަވެސް، އެ ފޮޓޯ ތަކަކީ މިއަދުގެ ހާދިސާއާ ގުޅުން ހުރި ފޮޓޯތަކެއްކަން ކަށަވަރުކޮށް ބުނަން ނޭނގޭ ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދިނެވެ.