Advertisement

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެ

26 ޑިސެންބަރު 2023 - 09:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގއ. ވިލިނގިލި: މަރުވީ ގއ. ވިލިނގިލީ މަސް ދޯންޏެއްގައި ހުރި ބިދޭސީއެއް.


މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެ

26 ޑިސެންބަރު 2023 - 09:00 0

ކަނޑު މަސްވެރިކަމަށް ނުކުމެ އުޅުނު ގއ. ވިލިނގިލީ ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކަނޑުމަތީގައި ހާލު ދެރަވެގެން ގއ. ދާންދޫ ސިއްހީ މަރުކަޒަށް ރޭ ދަންވަރު 12:25 ހާއިރު އޭނާ ގެންގޮސްފައިވާ ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓުކުރީ އެ ގަޑީގައި ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.

"ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައިވެ އެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް މަރުވި މީހާގެ ހާލު ދެރަވީ ކީއްވެގެން ކަމެއް ނުވަތަ އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.