Advertisement

ސަރުކާރުން ބަހެއް ނުބުނާތީ، ބަޖެޓަށް ފައިސާ ހޯދި ގޮތް ވާނުވާގައި

26 ޑިސެންބަރު 2023 - 07:52 1

އަމަން ހަލީމް

އ

Advertisement

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވި -- ފޮޓޯ:ރައީސް އޮފީސް


ސަރުކާރުން ބަހެއް ނުބުނާތީ، ބަޖެޓަށް ފައިސާ ހޯދި ގޮތް ވާނުވާގައި

26 ޑިސެންބަރު 2023 - 07:52 1

Advertisement

Advertisement

މި އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ 6.1 ބިލިއަން ރުފިޔާ ހޯދި ގޮތެއް ސަރުކާރުން ނުބުނާތީ، އަހަރުގެ ބާކީ އޮތް ތަނުގައި ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސި ދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

"އަދަދު" ނޫހުން ވަނީ ބަޖެޓު ފައިނޭންސިންއަށް ބޭނުންވާ ފައިސާ ހޯދި ގޮތެއް އޮޅުންފިލުވަން ވޭތުވި ހަފުތާގެ ތެރޭގައި އެކި ފަހަރު މަތިން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ސަރުކާރުގެ ކަމާބެހޭ އޮފިޝަލުންނަށް ގުޅައިގެން އެ މައުލޫމާތު ހޯދޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބުދާރީ ނުވާތީ މި ފައިސާ ހޯދި ގޮތެއް ނޭނގެ އެވެ.

Advertisement

ފިނޭންސް މިނިސްޓްރީން މި މައުލޫމާތު ހޯދަން މިހާރު ވާނީ އާރުޓީއައިއެއް ހުށަހަޅާފަ އެވެ.

ފިނޭންސް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ނެގި ކަމަށް ދައްކަނީ އެންމެ ލޯނެކެވެ. އެއީ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އޭޑީބީ)ގެ ކްލީން ޓެކްނޮލޮޖީ ފަންޑުން ނަގާފައިވާ 18.5 މިލިއަން އެމެރިކާ ޑޮލަރު (283.9 މިލިއަން ރުފިޔާ)ގެ ލޯނެކެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ 93 އިންސަައްތަ ފަންޑު ކުރަނީ ދަރަނިން

ފިނޭންސް މިނިސްޓްރީން މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން 6.1 ބިލިއަން ރުފިޔާ ހޯދަނީ ދަރަނިން

ސަޕްލިމެންޓަރީ ބަޖެޓުގެ 93 އިންސަައްތަ ފަންޑު ކުރަނީ ދަރަނިން

ފިނޭންސް މިނިސްޓްރީން މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން 6.1 ބިލިއަން ރުފިޔާ ހޯދަނީ ދަރަނިން

Advertisement

ހަމަ އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ އައުޓްސްޓޭންޑިން ސެކިއުރިޓީސް ތަފާސްހިސާބުތަކަށް އައި ބަދަލަށް ބަލާއިރު، އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަންޏަށް 1.2 ބިލިއަން ރުފިޔާ އިތުވެފައިވާކަން ފާހަގަކުރެ ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިވެހި ރުފިޔާ ޓީ-ބިލަށް އިތުރުވީ 237 މިލިއަން ރުފިޔާ
  • އެމެރިކާ ޑޮލަރު ޓީ-ބިލަށް އިތުރުވީ 313 މިލިއަން ރުފިޔާ
  • އިސްލާމިކް އިންސްޓްރޫމަންޓްސްއަށް އިތުރުވީ 59 މިލިއަން ރުފިޔާ
  • ދިވެހި ރުފިޔާ ޓްރެޝަރީ ބޮންޑަށް އިތުރުވީ 601 މިލިއަން ރުފިޔާ
  • އެމެރިކާ ޑޮލަރު ޓްރެޝަަރީ ބޮންޑަށް އިތުރުވީ 20 މިލިއަން ރުފިޔާ

ސަރުކާރުން މިކަމާ ގުޅިގެން ބަހެއް ނުބުނި ނަމަވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން ވަނީ، ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްރެޑިޓް ލައިނެއް ގޮތަށް ހަރަދުތައް ކުރަން ބޭނުންވާ ފައިސާ އެ ބޭންކުން ހަމަޖައްސާފަ އެވެ. ނަމަވެސް ބޭންކުގެ އޮފިޝަލަކު "އަދަދު"އަށް ބުނީ އެކަހަލަ ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ބަޖެޓު ފައިނޭންސް ހޯދި ގޮތެއް ސަރުކާރުން ނުބުނި ނަމަވެސް ހަރަދުތައް ކުރަން އެއްވެސް ގޮންޖެހުންތަކެއް ނެތް ކަމަށާއި އެ ފައިސާ ހަމަޖެހިގެން ދާނެ ކަމަށް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުވާލުކުރުމުން ސަރުކާރުން ބުނެފައި ވެ އެވެ. އޭރު ވެސް ނުބުނަނީ އެ ފައިސާ ހޯދާނެ ގޮތެކެވެ.

ބަޖެޓު ފައިނޭންސް ހަމެޖެއްސިދާނެ ކަމާމެދު ކުރިން ވެސް ގިނަ ސުވާލު

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުން ނުވެގެން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެއީ ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ. މި ބަޖެޓު ފާސްކުރީ ހަރަދުތަކުގެ 93 ޕަސެންޓު ދަރަންޏަށް ނަގާ ފައިސާއިން ހަމަޖައްސާ ގޮތަށެވެ.

ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

މިއަދުގެ ޖަލްސާގައި ސަޕްލިމަންޓަރީ ބަޖެޓަށް ވޯޓަށް އެހުމުން ބަޖެޓު ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވީ 57 މެމްބަރުންނެވެ. ފާސްކުރަން ބޭނުންނުވާ ކަމަށް 10 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

މިއަދުގެ ޖަލްސާގައި ސަޕްލިމަންޓަރީ ބަޖެޓަށް ވޯޓަށް އެހުމުން ބަޖެޓު ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވީ 57 މެމްބަރުންނެވެ. ފާސްކުރަން ބޭނުންނުވާ ކަމަށް 10 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް އޮފީހުގެ މައިގަނޑު ކަންބޮޑުވުމަކަށް ވީ ވެސް ބަޖެޓުގެ ބޮޑު ބައެއް ދަރަނިން، ހާއްސަކޮށް ބޭރުގެ ފަރާތްތަކުން ނަގާ ދަރަނިން ހަރަދުކުރަން ރާވާފައި އޮތުމެވެ. ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ:

  • ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައި ލިބޭ - 1.1 ބިލިއަން ރުފިޔާ
  • ބަޖެޓު ސަޕޯޓު ލޯނު - 3.1 ބިލިއަން ރުފިޔާ
  • ރާއްޖޭގެ ފަރާތްތަކުން ޑޮމެސްޓިކް ސެކިއުރިޓީޒް އަދި ލޯނު ފަދަ ތަކެތިން - 1.9 ބިލިއަން ރުފިޔާ

އެމްއެމްއޭ އިން ސަޕްލިމެންޓަރީ ބަޖެޓަށް ދިން ލަފާގައި ފާހަގަކުރި ގޮތުގައި ބަޖެޓު ސަޕޯޓު ލޯނާއި އެހެން ލޯނުތަކުގެ ގޮތުގައި ބޭރުގެ ފަރާތްތަކުން 4.2 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވާއިރު، ދުނިޔޭގެ މާލީ ބާޒާރުގެ ހާލަތު ހުރި ގޮތުން އެ އަދަދަށް ފައިސާ ލިބުމުގައި ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ.

ފަންޑިން ނުލިބޭ ޕްރޮޖެކްޓުތައް ނުފަށަން އެމްއެމްއޭއިން ލަފާ ދީފި

2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމަންޓަރީ ބަޖެޓަށް އެމްއެމްއޭއިން ދީފައިވާ ލަފާގައި އަހަރުގެ ފާއިތުވެދިޔަ މުއްދަތުގެ ތަޖުރިބާއަށް ބަލާއިރު ކުރިން ލަފާކުރެވުނު އަދަދަށް ބޭރުގެ ފައިނޭންސިންއާއި ހިލޭ އެހީ ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ފަންޑިން ނުލިބޭ ޕްރޮޖެކްޓުތައް ނުފަށަން އެމްއެމްއޭއިން ލަފާ ދީފި

2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމަންޓަރީ ބަޖެޓަށް އެމްއެމްއޭއިން ދީފައިވާ ލަފާގައި އަހަރުގެ ފާއިތުވެދިޔަ މުއްދަތުގެ ތަޖުރިބާއަށް ބަލާއިރު ކުރިން ލަފާކުރެވުނު އަދަދަށް ބޭރުގެ ފައިނޭންސިންއާއި ހިލޭ އެހީ ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓު އޮފީހުން ދިން ލަފާގައި ވެސް ބަޖެޓު ސަޕޯޓަށް ނަގާ ލޯނާ ގުޅުވައި، ކޮންސެޝަނަލް ހަމަތަކުގެ މަތިން މި ފަންޑިން އަވަހަށް ހޯދަން ޖެހޭ ކަން ފާހަގަކޮށްފައި ވެ އެވެ.

ބަޖެޓު ފައިނޭންސިންއަށް ބޭނުންވާ ފައިސާ ކޮންމެހެން ވެސް ހަމަޖައްސަން މުހިންމުވާ ހަމައެކަނި ސަބަބަކީ ހަރަދުތައް ކުރެވޭނެ ގޮތެއް ހޯދުމެއް ނޫނެވެ. މިއީ ދައުލަތުގެ ރަސްމީ ރިޒާވަށް ވެސް ސީދާ ގޮތުން އަސަރު ކުރާ ކަމެއް ކަމަށް މާލީ އިދާރާތަކުން ފާހަގަކޮށްފައި ވެ އެވެ.

އެމްއެމްއޭއިން ސަޕްލިމެންޓަރީ ބަޖެޓަށް ދިން ލަފާގައި ވެސް، ފައިނޭންސިންއަށް ބޭނުންވާ އަދަދު ރިޒާވަށް ނުލިބިއްޖެނަމަ، ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ދަތިވާނެ ކަން ފާހަގަކޮށްފައި ވެ އެވެ. މިހާރު ވެސް ރަސްމީ ރިޒާވު ހުރީ، މި އަހަރުގެ ތެރޭގައި ތެޔޮ ގަންނާށާއި ސަރުކާރު ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ހަމަޖަައްސައިދޭން ބޭނުން ކުރަން ޖެހުމާ ގުޅިގެން، ކަންބޮޑުވާ މިންވަރަށް ދަށްވެފަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހުމާމް

about 1 year ago

ބަލަ ކަން ކުރަން އިނގޭ މީހުން ކުރީމަ މުޅި ތަނުގަ ތި ވާހަކަ ދައްކާކަށް ނުޖެހޭ. އަދި އިރާދަކުރެއްވިޔާ މިޔަށް ވުރެވެސް ރަގަޅަށް ދާނެ ފަހުން.