Advertisement

މަސީގެ ބިލްޑާ އެވޯޑްސް ހަ ފަރާތަކަށް، އެންމެ ގަދަ ސިމެންތި ސަޕްލަޔަރަކީ ވިލާ ހަކަތަ

25 ޑިސެންބަރު 2023 - 12:37 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަސީގެ ބިލްޑާ އެވޯޑްސްގައި ވިލާ ހަކަތައާ ސިމެންޓް އޮފް ދަ އިޔާ އެވޯޑު އަރުވަނީ: މިއީ ކޮންސްޓްރަކްޝަން ދާއިރާގެ އެވޯޑެއް ދިން ފުރަތަމަ ފަހަރު-- ފޮޓޯ: ރައީސް އޮފީސް


މަސީގެ ބިލްޑާ އެވޯޑްސް ހަ ފަރާތަކަށް، އެންމެ ގަދަ ސިމެންތި ސަޕްލަޔަރަކީ ވިލާ ހަކަތަ

25 ޑިސެންބަރު 2023 - 12:37 1

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފުރަތަމަ ބިލްޑާ އެވޯޑްސް ހަ ފަރާތަކަށް ދީފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑު ހަފުލާގައި ދީފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ އަހަރުގެ އެންމެ މޮޅު ކޮންޓްރެކްޓަރުގެ އެވޯޑު، ސިމެންޓު ސަޕްލަޔާ އޮފް ދަ އިޔާ އެވޯޑު، ޕްރޮޖެކްޓު ޑެލިވަރީ އެވޯޑް އޮފް ދި އިޔާ އަދި ދެ ފަރާތަކަށް އެރުވި ލައިފްޓައިމް އެޗީވްމަންޓު އެވޯޑެވެ.

އެވޯޑު ލިބުނު ކުންފުނިތައް

  • ކޮންޓްރެކްޓާ އޮފް ދި އިޔާ - އެލިއާ ކޮންސްޓްރަކްޝަން އަދި އަމީން ކޮންސްޓްރަކްޝަން
  • ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާ – ވިލާ ހަކަތަ
  • ޕްރޮޖެކްޓް ޑެލިވަރީ އެވޯޑް އޮފް ދި އިޔާ – ބައިސަން މޯލްޑިވްސް

އިމާރާތްކުރުމުގެ ދާއިރާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގަތީ އަމީން ގްރޫޕް އޮފް ކޮންޕެނީސްގެ ޗެއާމަން އަބްދުﷲ މުހައްމަދުގެ އިތުރުން ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއާމަން އަދި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހަށެވެ.

މި ހަފުލާގައި މަސީއިން ވަނީ އެ އެސޯސިއޭޝަނުން ދޭ އިން ދޭ އެންމެ ފަހުރުވެރި ލަގަބު "ބޮޑު ރަސްގެފާނު ލަގަބު" ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފަ އެވެ.

މޯލްޑިވްސް ބިލްޑާ އެވޯޑްސްއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ވިޔަފާރިވެރިންގެ އަގު ވަޒަންކުރުމުގެ ބޭނުމުގައި ދިން ފުރަތަމަ އެވޯޑެވެ.