Advertisement

ނޫސް މަޖައްލަ ރަޖިސްޓްރީ ކުރުން ހުއްޓާލާފައި ނުވާ ކަމަށް އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެ

24 ޑިސެންބަރު 2023 - 21:10 0

އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު. މީޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ނޫސް މަޖައްލަ ރަޖިސްޓްރީ ކުރުން ހުއްޓާލާފައި ނުވާ ކަމަށް އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެ

24 ޑިސެންބަރު 2023 - 21:10 0

ނޫސް މަޖައްލާ ރެޖިސްޓްރީ ކޮށްދިނުމުގެ ކަންކަން ހުއްޓާލާފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ހަބަރުތައް މިނިސްޓާ އޮފް ޔޫތު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު) ދޮގުކުރައްވައިފި އެވެ.

މިނިސްޓަރު އަސްވާޑު އެކްސްގައި ހާމަކުރެއްވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން މި ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ހަ ނޫސް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ. އަދި, ދެ ނޫހަކަށް ހުއްދަ ދޫކުރުމުގެ މަރުހަލާގައި އޮތްއިރު މިއަދު ވެސް "މާދަމާ" ނަމަކަށް ކިޔާ ނޫހެއް ރަޖިސްޓްރީ ކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު "އަދަދު" ނޫހަށް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް މީޑިއާގެ މިނިވަންކުރާ މަސައްކަތްތައް ދާނީ ފަހިވެގެން ކަމަށާއި ނޫސްތައް ރަޖިސްޓްރީކޮށް ދިނުން ވެސް، ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތަށް ނިންމަން ބޭއްވުމުގެ ބަދަލުގައި ދާނީ ދުވަހެއް ދުވަހަކަށް އަވަސް ވެގެން ކަމަށެވެ.

"އެކަންކަން އަޅުގަނޑު ކަށަވަރުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ކަންކަމާ ގުޅޭގޮތުން ވާހަކަތަކެއް ފެތުރިފައި މިވަނީ ސަރުކާރަށް ފާޑުކިޔާ ތިން ވެބްސައިޓެއް ބްލޮކް ކުރުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އާންމުންނާއި އެކި ފަރާތްތަކުން ކުރިމަތިވި ޕްރެޝަރުތަކުގެ ސަބަބުން އޭގެ ތެރެއިން އެއް ވެބްސައިޓަށް ވަދެވޭ ގޮތް މިހާރު ވަނީ ހަދާފަ އެވެ.