Advertisement

ދިގުރަށު ގޮނޑަށް އެއްލާލާފައި އޮތް ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދައިގެން ރާއްޖެ ގެނެސްފި

24 ޑިސެންބަރު 2023 - 09:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކްރައިމް ސީނެއްގައި ފުލުހުން ދަމާފައިވާ ޓޭޕެއް : ދިގުރަށު ގޮނޑަށް އެއްލާލާފައި އޮތް ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު ރާއްޖެ ގެނެސްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދިގުރަށު ގޮނޑަށް އެއްލާލާފައި އޮތް ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދައިގެން ރާއްޖެ ގެނެސްފި

24 ޑިސެންބަރު 2023 - 09:08 0

ކޮތަޅަކަށްލާ އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދައިގެން އަލުން ރާއްޖެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މި މަހުގެ 16 ގަ އެވެ. ފުލުހުން ބުނީ މި މަހުގެ 22 ގައި ހަށިގަނޑު އަނބުރާ ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. މައްސަލާގެ އިތުރު ތަފުސީލެއް ނުދެ އެވެ.

އާންމުކޮށް އިންޑިއާއިން ހަދާ ޕޯސްޓްމޯޓަމް ތަކުގެ ނަތީޖާ ލިބެން 2-3 މަސް ވާކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވައި އެ ކުއްޖާ ފެނުނީ ޑިސެމްބަރު 3، ގަ އެވެ. ދިގުރަށު ކައުންސިލުން ބުނިގޮތުގައި އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް ކަމަށެވެ.

ކޮތަޅަކަށް ލާފައި އޮއްވާ ކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފަ އެވެ.

އެ މައްސަލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ފުރަން ގޮސް ހުރި ބިދޭސީއަކު ހައްޔަރުކޮށް ޝަރީއަށް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އެއީ ދިގުރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.