Advertisement

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫކޭ މަޖިލީހަށް ވާދަކުރައްވަނީ

23 ޑިސެންބަރު 2023 - 14:15 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މޫސާ އަލިމަނިކު (މޫކޭ)؛ މޫކޭ ވާދަކުރައްވަނީ ހުޅުމާލެ އުތުރު ދާއިރާއަށް- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫކޭ މަޖިލީހަށް ވާދަކުރައްވަނީ

23 ޑިސެންބަރު 2023 - 14:15 1

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލި މަނިކު (މޫކޭ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.

މޫކޭ، ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވި ގޮތުގައި އޭނާ ވާދަކުރައްވަނީ ހުޅުމާލެ އުތުރު ދާއިރާއަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދާއިރާ އެވެ. އެމްޑީޕީގެ އެ ދާއިރާގެ ޓިކެޓު ހޯދަން، އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މޫކޭ ލިޔުއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ "ފޭސް 2 އަށް ދިރުން" ގެންނަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެ ގޮތުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ހޯދައިދިނުމަށް "ބިރެއް، އިމެއް ނެތި" ވަކާލާތު ކުރުމަށާއި، "ކޮޅެއް މެދެއް ނުފެންނަ" މާލެ ދަފްތަރަކީ މާލޭގެ މީހުންގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ލިޔުއްވާފައި ވެ އެވެ.

"ދަފްތަރަށް ގާނޫނީ ފަރުވާއިން ދާއިމީ ހައްލެއް ގެނެސްދިނުމަށް އަޅުގަނޑު މިހުރީ ތައްޔާރަށްކަަން ތިޔަ އެންމެ ބޭފުޅުންނަށް ކަށަވަރުކޮށްދެމެވެ. އަޅުގަނޑުގެ އެދުމަކީ މި ދާއިރާއަށް ނިސްބަތްވާ ހުރިހާ ރައްޔިތުންގެ ތާޢީދާއި މަދަދު މިކަމުގައި އަޅުގަނޑަށް ދެއްވުމެވެ." މޫކޭ އިތުރަށް ލިޔުއްވާފައި ވެ އެވެ.

ދަފްތަރުގެ މައްސަލައަށް މޫކޭ އިޝާރާތް ކުރެއްވި އިރު ހުޅުމާލެ އުތުރު ދާއިރާއަށް ވޯޓު ދެވޭ އާބާދީގެ ބޮޑު ބަޔަކީ ދަފްތަރަށް ނިސްބަތްވާ މީހުނެވެ. އެ ދާއިރާއަށް ވޯޓު ދެވެނީ ފޭސް ދޭއްގައި ރަޖިސްޓްރީ ވެފައިވާ 664 މީހުން އަދި ދަފްތަރުގެ 3،715 މީހުނަށެވެ.

މޫކޭ ވަނީ މީގެ ކުރިން އޭނާ އުފަން، މަޑުއްވަރީ ދާއިރާގެ ޓިކެޓު ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީގައި 2019 ގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފަ އެވެ. އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަން ކުރީ އޭގެ ފަހުންނެވެ.