Advertisement

ނައިބު ރައީސް މޮންޓެނީގްރޯ އަށް ފުރާވަޑައިގެންފި

23 ޑިސެންބަރު 2023 - 12:01 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، އެމަނިކުފާނު މޮންޓެނީގްރޯ އަށް ވަނީ ފުރާވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް


ނައިބު ރައީސް މޮންޓެނީގްރޯ އަށް ފުރާވަޑައިގެންފި

23 ޑިސެންބަރު 2023 - 12:01 1

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެ އެވެ.

ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އަލެކްސާ ބެސިކް އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޯ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒްގެ ދައުވަތަކަށް މި ކޮންގްރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހުގެ 24 އިން 26 އަށެވެ.

ދިވެހި ރާއްޖެ އާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ ނޮވެންބަރު 24، 2009 ގައެވެ.