ރަޖިސްޓްރީކޮށްގެން ހިންގާ "ފުރަތަމަ" ވެސް ބްލޮކްކޮށްފި

22 ޑިސެންބަރު 2023 - 10:32 2

ހަސަން މުހައްމަދު

ހ

ފުރަތަމަ ނިއުސްގެ ފްރަންޓު ޕޭޖު: ނޫހުގެ ވެރިޔާ ބުނީ ބްލޮކް ކުރީ ރޭ ޝާއިއު ކުރި ރިޕޯޓަކަށްފަހު ކަމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ


ރަޖިސްޓްރީކޮށްގެން ހިންގާ "ފުރަތަމަ" ވެސް ބްލޮކްކޮށްފި

22 ޑިސެންބަރު 2023 - 10:32 2

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއެއް ކަމަށްވާ "ފުރަތަމަ" ނޫހުގެ ވެބްސައިޓު ވެސް ބްލޮކްކޮށްފި އެވެ.

ފުރަތަމަ ޑޮޓް ކޮމް އަށް މިހާރު ރާއްޖެއަކުން ނުވަދެވެ އެވެ. ނަމަވެސް ވީޕީއެން ބޭނުންކޮށްގެން އެ ސައިޓަށް ވަދެވޭ ކަމަށްވެ އެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ސަރުކާރުން "ފުރަތަމަ" ބްލޮކް ނުކުރާ ކަމަށެވެ. ނަމަވެސް އެ ނޫހުގެ ވެރިޔާ އަހުމަދު އާތިފު ބުނީ ސައިޓު ބްލޮކްކޮށްފައިވާ ކަމަށާއި ބްލޮކް ކުރީ ރޭ ޝާއިއު ކުރި ރިޕޯޓަކަށް ފަހު ކަމަށެވެ.

"ފުރަތަމަ" އަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައި މި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށްފަހެވެ. ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ބްލޮކް ނުކުރާނެ ކަމަށް ސަރުކާރުން ބުނީ ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ބްލޮކްކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުމާއި ނުރުހުން ފާޅުކުރަން ފެށުމުންނެވެ.

ފުރަތަމަ ނޫސް ރަޖިސްޓްރީ ކުރިކަމުގެ ލިޔުން


ފުރަތަމަ ނޫހުގެ މަސްއޫލުވެރިޔާ އަހުމަދު އާތިފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެވެ. އެ ނޫހުގެ އެޑިޓަރެއްގެ ގޮތުގައި ހޯމްލޭންޑު މިނިސްޓްރީގެ ދަފުތަރުގައި އޮތީ އަހުމަދު އާޒިފެވެ. އޭނާއަކީ ސަން އޮންލައިންގެ ވެސް ނޫސްވެރިޔެކެވެ.

"ފުރަތަމަ ނިއުސް" ރަޖިސްޓްރީކޮށްފައި ވަނީ ނޮވެމްބަރު 25، 2019 ގަ އެވެ.

އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.

0.00%

22.22%

77.78%

0.00%

މި ލިޔުން ކިޔާލުމުން


ތޯމް

over 1 year ago

ކިހިނެއްބާ މިވަނީ... ދިމަލެއް ނުވޭ. ދީންވެރިޔާ އެހާ ދޮގުހަދާނެބާ..

ސަމްތިންގ

over 1 year ago

ދޮންއަމާ ތިނިކަން ވާނުވާ ބަލާފަ އާރޓިކަލް ލިޔޭބަލަ. މީހަކު ދޮންއަމާދިން ފަޅޯ މީރޭ ބުނާއިރައް ތިލިޔެނަގަނީ