ޔާމީނަށް ނުދޭން ކަރެކްޝަނުން ނިންމީ ޕާޓީ އޮފީހަށް ދިއުމާއި ޓީވީތަކަށް އެރުމުގެ ހުއްދަ

ރައީސް ޔާމީންއަށް ކުރީ ސަރުކާރުން ދިން ލުއިގެ ދަށުން ގެއަށް ބަދަލު ކުރެއްވި ދުވަހު މާލެއަށް ފާބައިވަޑައިގަންނަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޔާމީންއަށް ކުރީ ސަރުކާރުން ދިން ލުއިގެ ދަށުން ގެއަށް ބަދަލު ކުރެއްވި ދުވަހު މާލެއަށް ފާބައިވަޑައިގަންނަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ބަންދުގައި ހުންނަވާ މުއްދަތުގައި ކަރެކްޝަންސް އިން ނުދޭން ނިންމީ ޓީވީ ޕްރޮގުރާމުތަކުގައި ބައިވެރިވުމާއި ޕާޓީ އޮފީހަށް ގޮސް މީހުންނާ ބައްދަލު ކުރުމުގެ ހުއްދަ ކަމަށް އެމަނިކުފާނުގެ ލޯޔަރު، އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޝަމީމް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ބަންދަށް ކުރިން ދިން ލުއިތެކެކޭ އެއްގޮތަށް ފަހުން އެދުނު ލުއިތައް ދިނުމަށް ވެސް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ހޯދުމަށް އެދި ހުށަހަޅާފައި ވަނީ ދެ ލުޔެކެވެ. އޭގެތެރެއިން ފުރަތަމަ ކަމަށް އެދިފައި ވަނީ ރައީސް ޔާމީނާއެކު ކަރެކްޝަންސްއިން ވެފައިވާ އިގުރާރުގައި ޓީވީ ސްޓޭޝަންތަކަށް ގޮސް ޓީވީ ޕްރޮގުރާމުތަކުގައި ބައިވެރިވުން މަނާކޮށްފައި އޮތް އޮތުމަށް ލުޔެއް ދިނުމަށެވެ. އެގޮތުން ޔާމީންގެ ގެއަށް ނުވަތަ އޮފީހަށް ނޫސްވެރިޔަކު ގޮސް ކުރާ ސުވާލުތަކަކަށް ޖަވާބު ދިނުން ނުވަތަ އިންޓަވިއު ދިނުމުގެ ހުއްދަ ދިނުމަށް އެމަނިކުފާނުގެ ފަރާތުން އެދިފައިވެ އެވެ.

ދެވަނަ ކަމަށް އެދިފައި ވަނީ ރައީސް ޔާމީން ބައްދަލު ކުރަން އެދޭ މީހުންނާ އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރާ ޕާޓީގެ އޮފީހުގައި ބައްދަލު ކުރުމުގެ ހުއްދަ އަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ޔާމީން ބައްދަލު ކުރަން އެދޭ މީހުންނާ ގެއިން ބައްދަލު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ޔާމީންގެ ފަރާތުން އެދިލެއްވި ލުއިތައް ނުދޭން ކަރެކްޝަންސް އިން ނިންމީ އެކަން ކުރުމަށް ގާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ މުއައްސަސާއިން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެމަނިކުފާނު ބަންދުގައި ހުންނެވީ ކުރީގެ ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައި، ނުފޫޒު ފޯރުވަމުން ގެންދިޔަ ދިޔުމުގެ ސަބަބުން ކަމަށް ރިޔާސީ ކެމްޕޭނު ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވައުދުވެވަޑައިގެންނެވި އެވެ.

ނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މިއަދާ ހަމައަށް ވެސް ޔާމީންއަށް ކުރީގެ ސަރުކާރުން ދިން ލުއި ފިޔަވައި އިތުރު އެއްވެސް ލުޔެއް މިސަރުކާރުން ދީފައެއް ނުވެ އެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށް ޔާމީންގެ އަރިސް ބޭފުޅުން ތުހުމަތު ކުރައްވާފައިވެ އެވެ.

މި ވެރިކަމަށް ހަތަރު ވަނައަށްވީ ދުވަހު ރައީސް ޔާމީންއާއި ޕީއެންސީ/ޕީޕީއެމްގެ އިސްބޭފުޅުންނާ އުފެދުނު ހިޔާލުތަފާތުވުންތަކުގައި ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަަތް ފަށްޓަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox