Advertisement

އޭއެފްސީ އަށް ބަދަލުވާން ރަޝިއާ އިން ބޭނުމެއްނުވި

21 ޑިސެންބަރު 2023 - 12:23 0


އޭއެފްސީ އަށް ބަދަލުވާން ރަޝިއާ އިން ބޭނުމެއްނުވި

21 ޑިސެންބަރު 2023 - 12:23 0

މޮސްކޯ (ޑިސެމްބަރު 21) - ސަސްޕެންޝަނާ ގުޅިގެން ސަރަހައްދީ މުބާރާތްތަކުގައި ނުކުޅެވުނު ނަމަވެސް، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއޭފާ ދޫކޮށް، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ މެމްބަރަކަށް ވުމަށް ރަޝިއާގެ ފުޓްބޯލް ފެޑަރޭޝަނުން ބޭނުންނުވާކަން ހާމަކޮށްފި އެވެ.

ރަޝިއާ އިން މިދިޔަ އަހަރުގެ ކުރީކޮޅު ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ފީފާ އަދި ޔުއޭފާ އިން ވަނީ އެ ދެ އިދާރާ އިން ރާވާ ހިންގާ ހުރިހާ މުބާރާތްތަކުން ރަޝިއާގެ ކްލަބުތަކާއި ގައުމީ ޓީމުގެ ސަސްޕެންޑްކޮށްފަ އެވެ. އެހެންކަމުން، 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ވެސް ރަޝިއާ އަށް ނުކުޅެވުނެވެ.

ޔުއޭފާ ދޫކޮށް، އޭއެފްސީއާ ގުޅުމަކީ ރަޝިއާގެ ފުޓްބޯލް ފެޑަރޭޝަނުން ވިސްނަމުންދާ ކަމެއް ކަމަށް އެ އިދާރާގެ ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ.އެކަމަކު، ޔުއޭފާ ދޫކޮށް އޭއެފްސީ އަށް ބަދަލުވުމާ ގުޅޭގޮތުން އިއްޔެ ނެގި ވޯޓުގައި ޔުއޭފާގައި މަޑުކުރުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

"އަހަރަމެން މި ނިންމީ އޭއެފްސީ އަށް ބަދަލުނުވާން. ހުރިހާ މެމްބަރުންވެސް އެ ނިންމުމަށް ތާއީދުކުރި،" ރަޝިއާގެ ފުޓްބޯލް ފެޑަރޭޝަންގެ ނައިބި ރައީސް އަކްމަދު އައިދަމިރޯފް ވިދާޅުވިއެވެ.

"އަހަރަމެން ތިބޭނީ ޔޫރަޕްގައި. ރަޝިއާ ނިސްބަތްވަނީ ޔޫރަޕަށް. އަހަރަމެންނަށް ކާމިޔާބު ލިބޭނެ."

އޭއެފްސީ އަށް ބަދަލުވާން ރަޝިއާގެ ފުޓްބޯލް ފެޑެރޭޝަނުން ނިންމި އެންމެ ބޮޑު ސަބަބަކީ މާލީ ގޮތުން ލިބޭ އުނިކަމެވެ. ހާއްސަކޮށް ރަޝިއާގެ ކްލަބުތަކަށް ޔުއޭފާގެ މުބާރާތްތަކުގައި ވާދަކޮށްގެން ލިބޭ މާލީ ފައިދާ އެވެ.

މީގެ އިތުރުން، ޔުއޭފާ ދޫކޮށް އޭއެފްސީ އަށް ބަދަލުވިޔަސް، ފީފާ އިން އެ ނިންމުން ބަލައިގަންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އައިދަމިރޯފް ވަނީ ބުނެފަ އެވެ.