Advertisement

ކުޅުދުއްފުށީ ފައިލޭރިއާ ކޭސްތަކުގެ އަދަދު 25 އަށް އަރައިފި

21 ޑިސެންބަރު 2023 - 12:46 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކުޅުދުއްފުށީ ހޮސްޕިޓަލް: ޅުދުއްފުށިން މިހާތަނަށް ފައިލޭރިއާ ޖެހިފައި ތިބި 25 މީހަކު ދެނެގަނެވިފައި -- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް


ކުޅުދުއްފުށީ ފައިލޭރިއާ ކޭސްތަކުގެ އަދަދު 25 އަށް އަރައިފި

21 ޑިސެންބަރު 2023 - 12:46 0

ރާއްޖޭން ނައްތައިލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ ބަލި، ކުޅުދުއްފުށީގައި އުޅޭ ބިދޭސީންތަކެއްގެ ތެރެއިން ފެނުމުން، ކުރިއަށް ގެންދާ ސްކްރީނިން ޕްރޮގްރާމްގައި އެބަލި ޖެހިފައިވާ ހަމީހުން ފެނި، އެބަލީގެ ކޭސްތަކުގެ އަދަދު 25 އަށް އަރައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އަހުމަދު މޫސާ މިއަދު "އަދަދު"އަށް ބުނީ މިހާތަނަށް ސްކްރީން ކުރެވުނު 25 މީހެއްގެ ގައިން ފައިލޭރިއާ ފެނިފައިވާކަމަށެވެ. މިދިޔަ ހޯމަ ދުވަހާ ހަމައަށް މި ބަލި ފެނުނީ 19 މީހެއްގެ ގައިންނެވެ.

ކުޅުދުއްފުށީގައި އުޅޭ ބިދޭސީންތަކެއްގެ ގައިން ފައިލޭރިއާ ފެނިފައި ވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމެެއްގެ ތެރެއިންނެވެ.

ފައިލޭރިއާ އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. 2016 ވަނަ އަހަރު ރާއްޖެއިން އެ ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދީފަ އެވެ. އެއީ އާބާދީގެ އެކެއް އިންސައްތައަށްވުރެ ކުޑަކޮށް ފައިލޭރިއާ ހުރި ގައުމުތަކަށް ނުވަތަ ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ހުރި މައްސަލައެއް ނޫންކަން އަންގައިދޭ ލިޔުމެވެ.

ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ. އެ ކޭސްއާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ފަސް އަހަރު ވަންދެން ބޭސް ދެވުނުވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައެއް ނުވެ އެވެ.

ފައިލޭރިއާ ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ.