Advertisement

ގައުމީ ބަނޑުފިލާ ޗެލެންޖު: ޖޫނިއާ ބައިގެ ފައިނަލުގައި އާމިން އާއި އަޒާން

21 ޑިސެންބަރު 2023 - 10:04 0

ވިޒިޓް މޯލްޑިވްސް ޕްރޯގެ އިވެންޓެއްގެ ތެރެއިން އާމިން: ގައުމީ ބަނޑުފިލާ ޗެލެންޖްގެ ޖޫނިއާ ފައިނަލުން އޭނާ ވަނީ ފުރުސަތު ހޯދައިފައި.


ގައުމީ ބަނޑުފިލާ ޗެލެންޖު: ޖޫނިއާ ބައިގެ ފައިނަލުގައި އާމިން އާއި އަޒާން

21 ޑިސެންބަރު 2023 - 10:04 0

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފައިނަލުން މިދިޔަ އަހަރުގެ ޗެމްޕިއަން އާމިން އުމަރު މޫސާ އާއި މުހައްމަދު އަޒާން އަހުމަދު ޖާގަ ހޯދައިފި އެވެ.

އެގާރަ ބައިވެރިންނާ އެކު ކުރިއަށްދާ ޖޫނިއާ ބައިގެ ފައިނަލުން ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން އާމިން ޖާގަ ހޯދީ ސެމީ ފައިނަލުގައި އިޔާން އަހުމަދު ބަލިކޮށްގެންނެވެ. އަޒާން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ޔާސިން އަހުމަދު ނާޝިދު ބަލިކޮށްގެންނެވެ.

ސެމީ ފައިނަލްގައި އާމިން ވަނީ އިޔާންއާ 0.97 ގެ ތަފާތަކުން މޮޅުވެފަ އެވެ. އާމިން 10.50ގެ ސްކޯއެއް ހޯދިއިރު، އިޔާން އަށް ހޯދުނީ 9.53ގެ ސްކޯ އެކެވެ.

ޖޫނިއާ ބައިގެ ފައިނަލުން ފުރުސަތު ހޯދުމާ އެކު މި އަހަރުގެ ގައުމީ ލީގުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން އާމިންއަށް ވަނީ ކަށަވަރުވެފަ އެވެ. މި ވަގުތު ރޭންކިންގެ އެއް ވަނައިގައި 1000 ޕޮއިންޓާ އެކު އާމިން އޮތްއިރު، ދެ ވަނައިގައި އިޔާން އޮތީ 860 ޕޮއިންޓުންނެވެ. ފައިނަލުން އާމިން ބަލިވިޔަސް އޭނާ އަށް ލިބޭ ޕޮއިންޓްގެ އަދަދު އިޔާން އަށް ވުރެ އިތުރު ވާނެ އެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލު ދެ ވަނަ ހީޓު އަޒާން ކާމިޔާބުކުރި ބޮޑު ތަފާތަކުންނެވެ. އޭނާ ވަނީ 14.00ގެ ސްކޯއެއް ސެމީގައި ހޯދައިފަ އެވެ. މިއީ މިހާތަނަށް މި އަހަރުގެ އިވެންޓުގައި ހޯދި އެންމެ މަތީ ސްކޯ އެވެ. ސެމީގައި އަޒާންއާ ވާދަކުރި ޔާސިން އަހުމަދު ނާޝިދު އަށް ލިބުނީ 4.10ގެ ސްކޯ އެކެވެ.

ޖޫނިއާ ބައިގެ ފައިނަލުން އަޒާން ޖާގަ ހޯދުމާ އެކު އަންނަ އަހަރުގެ ޖޫނިއާ ގައުމީ ޓީމުން އޭނާ އަށް ވަނީ ޖާގަ ޔަގީންވެފަ އެވެ.