Advertisement

އަންމަޓީ ފުރުން މަނާކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި

20 ޑިސެންބަރު 2023 - 09:17 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) : ކްރިމިނަލް ކޯޓުގެ ހުއްދަ ބާތިލުކޮށް އަންމަޓީ ފުރުން މަނާކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި


އަންމަޓީ ފުރުން މަނާކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި

20 ޑިސެންބަރު 2023 - 09:17 0

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) އާ ދެކޮޅަށް ހައިކޯޓުގައި އޮތް މައްސަލަ ނިމެންދެން އޭނާ ރާއްޖޭން ފުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެފި އެވެ.

ހައި ކޯޓުން އެ އަމުރު ނެރެނީ ކްރިމިނަލް ކޯޓުން ދިން ހުއްދަ ދައުލަތުން އިސްތިއުނާފުކުރުމުންނެވެ. ހައިކޯޓުގެ އަމުރުގައިވާ ގޮތުން އަންމަޓީ ފުރުން މަނާކުރީ އިސްތިއުނާފު ހިނގަމުންދަނިކޮށް އޭނާ ފުރައިގެން ގޮސްފިނަމަ އެ މައްސަލައިގެ މަގުސަދު ގެއްލޭނެ ކަމަށް ބެލެވޭތީ އެވެ.

ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އެ ހުށަހެޅުން ބެލުމަށް ފަހު، ބޭސްފަރުވާ އަށް އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން އެކޯޓުން ހުއްދަ ދިނެވެ. އެއީ މިމަހު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯޓުން ބުނީ އަހުމަގެ ފަރާތުން ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކަށް ބަލާއިރު އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.

އަންމަޓީގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލައިގައި ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި އުޅެނިކޮށެވެ. އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ލަންކާގަ އެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.