Advertisement

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން ދެ ދުވަހުގެ ސޭލްއެއް ފަށައިފި

19 ޑިސެންބަރު 2023 - 16:09 0

މުހައްމަދު ޖަމްޝަތު ވަހީދު

މ

Advertisement

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާ މާޓު: ކުންފުނީގެ 58 ވަނަ އަހަރީ ދުވަހާ ގުޅިގެން 2 ދުވަހުގެ ސޭލް އެއް ވަނީ މިއަދު ފަށައިފަ--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން ދެ ދުވަހުގެ ސޭލްއެއް ފަށައިފި

19 ޑިސެންބަރު 2023 - 16:09 0

Advertisement

Advertisement

އެސްޓީއޯގެ 59 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެ ދުވަހުގެ ސޭލްއެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

އެ ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ވެސް އެ ސޭލް ކުރިއަށް ދާނެ އެވެ.

Advertisement

އެސްޓީއޯ އިން ބުނީ މި ހާއްސަ ސޭލްގައި ކަސްޓަމަރުން ކުރާ ކޮންމެ ވިޔަފާރިއަކަށް 20 ޕަސެންޓާ ހަމައަށް ބޮޑެތި ޑިސްކައުޓްތައް ލިބިގެންދާނެ ކަމަށެވެ.

މާދަމާ ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން 59 ފަރާތަކަށް އެކިއެކި ސަޕްރައިޒް ހަދިޔާ ލިބޭނެ ކަމަށް ބުންޏެވެ.

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައި 2022 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ސޭލްއަށް ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިފަ އެވެ.

Advertisement

އެސްޓީއޯގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ކުންފުނީގެ ތާރީހާ ބެހޭ ގޮތުން ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ހިންގުމަށް ވެސް އެކުންފުނިން ވަނީ ރާވާފަ އެވެ. އަދި އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭނޭހެން އެކިއެކި ހަރަކާތްތައް ހިންގުމަށް ވެސް ވަނީ ރާވާފަ އެވެ.