Advertisement

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވީ ނަވީން އަދި ޝުޖާއު

19 ޑިސެންބަރު 2023 - 17:43 1

ސުޖާއު އަދި ނަވީން


ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވީ ނަވީން އަދި ޝުޖާއު

19 ޑިސެންބަރު 2023 - 17:43 1

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު 12:00 ގެ ނިޔަލަށް ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ޕޮލިސް ކޮމިޝަނާގެ މަގާމަށް ކުރިމަތިލެއްވީ ދެ ބޭފުޅުންކަން މިނިސްޓްރީ އޮފް ހޯމްލޭންޑުން ކަށަވަރުކޮށްދިނެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ވަނަވަރު އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު "އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އެއީ ނަވީން އަިދ ޝުޖާއު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރަން ހުޅުވައިލަންޖެހެ އެވެ. މިއީ މިގޮތަށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ގާބިލްކަން ބެލުމަށް ފަހު ކޮމިޝަނަރު އައްޔަންކުރާ ފުރަތަމަ ފަހަރެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ނޮވެމްބަރު 15، ގައި ރިޓަޔާ ކުރެއްވުމުންނެވެ. ފަސް އަހަރުގެ މުއްދަތަކަށް ހަމީދު މަގާމުގައި ހުންނެވިއިރު އެއީ މިހާތަނަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޕޮލިސް ކޮމިޝަނަރެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ގާބިލްކަން ވަޒަންކުރަންޖެހެ އެވެ. އަދި ކުރިމަތިލާ ފަރާތްތަކާ ގުޅޭ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑްގެ ރިޕޯޓެއް ޕޮލިސް ބޯޑުން ހޯދަންޖެހެ އެވެ.

އެ ރިޕޯޓުގައި ކޮމިޝަނަރުކަމަށް ކަނޑައެޅުމަށް އޭނާގެ ޝަރުތު ފުރިހަމަވާކަމާއި އޭނާގެ އަބުރުވެރިކަން ހުރި ނިސްބަތާއި ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަންކުރަން ނުފެންނަ އެއްވެސް ސަބަބެއް އޮތް ކަމަށްވާ ނަމަ އެކަން ހާމަކުރަންޖެހެ އެވެ.

ކޮމިޝަނަރު އައްޔަން ކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.