Advertisement

ޝިފާއުއަށް މަރުގެ އިންޒާރު ދީފި، މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

18 ޑިސެންބަރު 2023 - 21:38 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު. ރައީސް އަޒުލުކުރަން ހުށަހަޅާނެ ކަމަށް އޭނާ މިއަދު ޖަލްސާގައި ވިދާޅުވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ޝިފާއުއަށް މަރުގެ އިންޒާރު ދީފި، މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

18 ޑިސެންބަރު 2023 - 21:38 1

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

"އަދަދު" ނޫހަށް ޝިފާއު ވިދާޅުވީ އޭނާއަށް މަރުގެ އިންޒާރު ދިނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި, މަޖިލީހުގެ ފަރާތުން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

އޭނާއަށް މަރުގެ އިންޒާރު ދީފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ އާންމުންގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލައާ ގުޅިގެން އޭނާ ނިސްބަތްވާ އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވާލަމެވެ," އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ އިދިކޮޅު ޕާޓީއެއްގެ މައިގަނޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި "އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރު ދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން" ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.