Advertisement

ރައީސް އަޒުލުކުރާ ވާހަކަ ދައްކާތީ ތޯރިގުގެ ވަރުގަދަ އިންޒާރެއް!

18 ޑިސެންބަރު 2023 - 13:56 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާ މެމްބަރު އަހުމަތު ތޯރިގު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ރައީސުލް އަޒުލުކުރާ ވާހަކަ ދައްކާތީ އޭނާ މިއަދު އިދިކޮޅަށް އިންޒާރެއް ދެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ


ރައީސް އަޒުލުކުރާ ވާހަކަ ދައްކާތީ ތޯރިގުގެ ވަރުގަދަ އިންޒާރެއް!

18 ޑިސެންބަރު 2023 - 13:56 0

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލުކުރުމުގެ އިޖުރާއަތްތައް ކުރިއަށް ވުރެ ފަސޭހަވާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރާތީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު މިއަދު އިދިކޮޅަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

މަޖިލީހުގެ ގަވާއިދަށް ހުށަަހެޅި ބަދަލުތަކުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ތޯރިގު ވިދާޅުވީ މަޖިލީހުގެ އެ މާއްދާތައް ބަދަކުރުމަކީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން، ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަމެއް ކަމަށެެވެ. ރައީސާއި ނައިބު ރައީސް އިންތިހާބުކޮށް މަގާމާ ހަވާލުވެވަޑައިގެންތާ އަދި މިވީ އެންމެ މަހެއް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރާ ވާހަކަ ދައްކަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެންނަކީ ޕީޕީއެމް/ޕީއެންސީ، އަޅުގަނޑުމެންގެ ވެރިކަން ހިނގާނީ ބާރުވެރިކަމާ އެކީ ހިނގާ ވެރިކަމެއްގެ ގޮތުގައި. މިއަދު ރައްޔިތުން މަޖިލީހުގައި އަޅުގަނޑުމެން ތަމްސީލުކުރާ މެމްބަރުން މަދަސް، ރައްޔިތުން ވަނީ ރާއްޖޭގެ 53 ޕަސެންޓާ ހިސާބަށް ތާއީދު ދީފައި،" ތޯރިގު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަން ތަކަކީ ބާރުވެރި ވެރިކަންތަކެއް ކަމަށް ވިދާޅުވެ، އޭނާ އާކުރެއްވީ 2013 އިން 2018 އަށް ޕީޕީއެމުން ކުރި ވެރިކަމެވެ. ކުރީގެ ރަައީސް އަބްދުﷲ ޔާމީން ރައީސަކަށް ހުންނަވައިގެން ކުރި އެ ވެރިކަމުގައި އޭރުގެ އިދިކޮޅު މީހުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރި އެވެ.

"އެހެންވީމާ އެއްވެސް ހާލެއްގައި ހީކޮށްގެން ނުވާނެ ރައްޔިތުން މަޖިލީހުން ޑރ.މުއިއްޒާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތްކަމުގައި ނަގައިގެން ފަސޭހަ ގޮތަކަށް ހިނގައިދާނޭ،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒާއި ނައިބުރައީސް ވަކިކުރަން މަސައްކަތް ކުރަން ނިންމުމަކީ ގައުމަށް އަދި ރައްޔިތުންނަށް ވެސް ގޯސް ނިންމުމެއް ކަމަށެވެ.