Advertisement

9 ބޯލް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ އަހުސަން

18 ޑިސެންބަރު 2023 - 11:51 0

9 ބޯލް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރުމަށްފަހު އަހުސަން ފޮޓޯއަކަށް ހުއްޓިގެން - ފޮޓޯ: އެމްޕީބީއޭ


9 ބޯލް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ އަހުސަން

18 ޑިސެންބަރު 2023 - 11:51 0

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ 9 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އަހުސަން ހާޝިމް ހޯދައިފި އެވެ.

އެމްޕީބީއޭގެ 9 ބޯލް އެސޯސިއޭޝަން ކަޕްގެ ތަށި އަހުސަން ހޯދީ ފައިނަލުގައި މުހައްމަދު ދުންޔާޒް 11 ފްރޭމް 5 ފްރޭމުން ބަލިކޮށްގެންނެވެ. އަހުސަން އަށް މި ތަށި ލިބުމާ އެކު އޭނާ ވަނީ ގައުމީ ރޭންކިންގެ އެއް ވަނަ އަށް ޖެހިލާފަ އެވެ.

އެ ގޮތުން، ރޭންކިން ތިން މުބާރާތުގެ ނަތީޖާ އަށް ބަލާއިރު އޭނާ އަށް ވަނީ 380 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އުޅޭ ހަސަން ޝާޒް މުހައްމަދު އަށް ލިބެނީ 370 ޕޮއިންޓެވެ. ރޭންކިންގެ އަނެއް ދެ މުބާރާތް ކާމިޔާބުކުރި ޝާޒް މި ފަހަރު ކެޓީ ގަދަ 32 އިންނެވެ.

ރޭގެ ފައިނަލް މެޗު އަހުސަން އާއި ދުންޔާޒު ވެސް ފެށީ ވާދަވެރިކޮށެވެ. އެއްވަރުކޮށް ފެށުން ދިޔަ ނަމަވެސް ދުންޔާޒް ވަނީ 5-3 ގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް އަހުސަން ވަނީ ޖެހިގެން އައި އަށް ފްރޭމް ކާމިޔާބުކޮށް ފަހަތުން އަރައި ދުންޔާޒު ބަލިކޮށް ތަށި ހޯދައިފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އަހުސަން މޮޅުވީ އަލީ ފަޔާޒު އަތުންނެވެ. ދުންޔާޒު ވަނީ ސެމީގައި ފަތުހުﷲ ޖަމީލް ބަލިކޮށްފަ އެވެ. މި އަހަރުގެ 9 ބޯލް ޗެމްޕިއަންޝިޕްގައި ޖުމްލަ 57 ކުޅުންތެރިއަކު ވާދަކުުރި އެވެ.