Advertisement

މޭޔަރުގެ މަގާމަށް ކުރިމަތިލި މީހުންގެ ނަންތައް ގުރުއަތުން ތަރުތީބުކޮށްފި

16 ޑިސެންބަރު 2023 - 11:45 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މޭޔަރުގެ މަގާމަށް ކުރިމަތިލި މީހުންގެ ނަންތައް ގުރުއަތުން ތަރުތީބުކޮށްފި

16 ޑިސެންބަރު 2023 - 11:45 0

މާލެ ސިޓީ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރަން ގުރުއަތު ނަގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބު ކުރުމަށް ގުރު ނެގުމުން ކެންޑިޑޭޓުންނަށް އިއްތިފާގުން ނަމްބަރުތައް ދިމާވީ، ކެންޑިޑޭޓުން ފޯމު ހުށަހެޅުއްވި ތަރުތީބަށެވެ.

މޭޔަރުކަމުގެ ބައި އިލެކްޝަނަށް ކެންޑިޑޭޓުން އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެއްޅެއްވި ތަރުތީބަކީ ޝުއެއިބް އަލީ (އަމިއްލަ ގޮތުން)، ހުސެއިން ވަހީދު (އަމިއްލަ ގޮތުން)، އާއިޝަތު އާޒިމާ ޝަކޫރު ( ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ)، އާދަމް އާޒިމް (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީ) އަދި މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް) އެވެ.

ގުރުއަތާ އެއްގޮތަށް، ބައި އިލެކްޝަންގެ ވޯޓު ކަރުދާސް ކޮޅުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ވެފައި ހުންނާނީ ވެސް މި ތަރުތީބުންނެވެ.

  • ކެންޑިޑޭޓު ނަމްބަރު 1 - ޝުއެއިބް އަލީ
  • ކެންޑިޑޭޓު ނަމްބަރު 2 - ހުސެއިން ވަހީދު
  • ކެންޑިޑޭޓު ނަމްބަރު 3 - އާއިޝަތު އާޒިމާ ޝަކޫރު
  • ކެންޑިޑޭޓު ނަމްބަރު 4 – އާދަމް އާޒިމް
  • ކެންޑިޑޭޓު ނަމްބަރު 5 - މުހައްމަދު ސައިފް ފާތިހު

މާލެ ސިޓީ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާގެ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ކެންޑިޑޭޓުންގެ ނަންތައް ވެސް މިއަދު ތަރުތީބު ކޮށްފައިވެ އެވެ. އޭގެ ތެރެއިން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ ގޮނޑިއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެކެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި މެމްބަރުންގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމީ އާ ސަރުކާރާއެކު، މޭޔަރުކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ މަގާމާއި ހަވާލުވެ އަދި ބައެއް އެހެން މެމްބަރުން ސަރުކާރުގެ މަގާމްތަކާ ހަވާލުވެވަޑައިގަތުމުންނެވެ.

ބައި އިލެކްޝަން ބާއްވާނެ ތާރީހުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި އޮތީ ޖެނުއަރީ 13، 2024 ވާ ހޮނިހިރު ދުވަހެވެ.

މި ބައި އިލެކްޝަންގައި ޕާޓީތަކުން ވާދަ ކުރާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކޮށްފައި ވަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކާ ނުލަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓުން ހިމެނެ އެވެ.