Advertisement

ފީފާ ބެސްޓް އެވޯޑްސް: މެސީ، އެމްބާޕޭ އަދި ހާލަންޑްގެ ކުރިމަތިލުމެއް

15 ޑިސެންބަރު 2023 - 06:24 0


ފީފާ ބެސްޓް އެވޯޑްސް: މެސީ، އެމްބާޕޭ އަދި ހާލަންޑްގެ ކުރިމަތިލުމެއް

15 ޑިސެންބަރު 2023 - 06:24 0

ޕެރިސް (ޑިސެމްބަރު 15) - ފީފާގެ ބެސްޓް އެވޯޑްސް އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވާޑް، އާލިން ހާލަންޑާއި ޕީއެސްޖީގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އަދި އިންޓަ މިއާމީގެ އާޖެންޓީނާ ޕްލޭމޭކަރު، ލިއޮނަލް މެސީ ކަމަށް ފީފާ އިން ހާމަކޮށްފި އެވެ.

މެސީ، އެމްބާޕޭ އަދި ހާލަންޑް ހޮވާފައިވަނީ، 12 ކުޅުންތެރިންގެ ލިސްޓެއްގެ ތެރެއިންނެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ ނޮމިނޭޝަން ކަނޑައަޅާފައިވަނީ، 19 ޑިސެމްބަރު 2022 އިން ފެށިގެން، 20 އޮގަސްޓް 2023 އަށެވެ. މާނަ އަކީ ފީފާ ވޯލްޑް ކަޕްގެ ފައިނަލް ކުޅެފައިވަނީ މި ނޮމިނޭޝަން ނަގާ ތާރީހުގެ ތެރޭގަ އެވެ.

އެންމެ ފަހުން، މި އެވޯޑް ހޯދީ މެސީ އެވެ. އެއީ އެމްބާޕޭ އާއި ކަރީމް ބެންޒެމާއާ ވާދަކޮށެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ، ސްޕެއިނާއި ޕަޗޫކާ އަށް ކުޅޭ ޖެނިފާ ހާމޯސޯ، ސްޕެއިނާއި ބާސެލޯނާގެ އައިޓާނާ ބޯންމާޓީ އަދި ރެއާލް މެޑްރިޑަށް ކުޅޭ ކޮލަމްބިއާގެ ލިންޑާ ސައެސީޑޯ އެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ ނޮމިނޭޝަން ނަގާފައިވަނީ، 1 އޮގަސްޓް 2022 އިން 20 އޮގަސްޓް 2023 އަށް ބަލައިގެންނެވެ.

ފީފާ ބެސްޓް އެވޯޑްސްގައި ވޯޓުލާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުުރުން ފީފާ އިން ކަނޑައަޅާ ގައުމުތަކުގެ ނޫސްވެރިންގެ އިތުރުން ސަޕޯޓަރުންނެވެ. ފީފާ ބެސްޓް އެވޯޑްސް ހަފްލާ އޮންނާނީ ޖެނުއަރީ 15 ވަނަ ދުވަހު ލަންޑަންގަ އެވެ.