Advertisement

ސިޓީ ކައުންސިލުގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކުރުން މާދަމާ

15 ޑިސެންބަރު 2023 - 11:01 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ސިޓީ ކައުންސިލުގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކުރުން މާދަމާ

15 ޑިސެންބަރު 2023 - 11:01 0

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން މަދާމާ ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ.

މާލޭގެ މޭޔަރު، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުރު ދާއިރާ، މެދު ހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑިތަކަށް މެމްބަރުން އިންތިހުބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ ޖެނުއަރީ 13, 2024 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވަނީ 16 ޑިސެމްބަރުގައި ކަމަށެވެ. ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ކެންޑިޑޭޓުންނަށް ނުދެވޭ ނަމަ ބަދަލުގައި ދާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއެއް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށް ބުނެފަ އެވެ.

ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޒިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަމަށް ވެސް ބުންޏެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފަ އެވެ.